މަސްވެރިކަން

މަސް އެކްސްޕޯޓްކުރި މިންވަރު 47 ޕަސެންޓް ދަށަށް

ރާއްޖެއިން މި އަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި މަސް އެކްސްޕޯޓްކުރި މިންވަރު މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 47.5 ޕަސެންޓް ދަށަށް ހިނގައްޖެ އެވެ.

މަރުކަޒީ ބޭންކް -- މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މި އަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި ރާއްޖެއިން ބޭރުކޮށްފައިވަނީ 26،962 މެޓްރިކް ޓަނުގެ މަހެވެ.

މިއީ ފާއިތުވި 2023 ވަނަ އަހަރުގެ މި މުއްދަތުގައި ރާއްޖެއިން ބޭރުކުރި 51،640 މެޓްރިކް ޓަނުގެ މަހާ އަޅާބަލާއިރު 24،678 މެޓްރިކް ޓަނު މަދު އަދަދެކެވެ.

މަހުގެ އެކްސްޕޯޓް މަހުން މަހަށް

  • ޖެނުއަރީ: 4،475 މެޓްރިކް ޓަނު
  • ފެބްރުއަރީ: 6،051 މެޓްރިކް ޓަނު
  • މާޗް: 3،787 މެޓްރިކް ޓަނު
  • އެޕްރީލް: 4،746 މެޓްރިކް ޓަނު
  • މޭ: 4،404 މެޓްރިކް ޓަނު
  • ޖޫން: 3،495 މެޓްރިކް ޓަނު

ރާއްޖެއިން މި އަހަރު އެންމެ ގިނައިން އެކްސްޕޯޓް ކުރީ ކަޅުބިލަ މަހެވެ.

އެ ގޮތުން ޖޫން މަހުގެ ނިޔަލަށް 17،361 މެޓްރިކް ޓަނުގެ ކަޅުބިލަ މަސް ރާއްޖެއިން އެކްސްޕޯޓްކޮށްފައިވެ އެވެ.

މީގެ އިތުރުން 5،137 މެޓްރިކް ޓަނުގެ ރީނދޫ އުރަހަ ކަންނެލި އެކްސްޕޯޓްކޮށްފައިވާއިރު މަސްދަޅު އަދި ޕޯޗްޑްގެ ގޮތުގައި 3،555 މެޓްރިކް ޓަނުގެ މަސް ބޭރުކޮށްފައިވެ އެވެ.