ރާއްޖޭގެ ޓޫރިޒަމްގެ ރަސްމީ މޮބައިލް އެޕްލިކޭޝަން ކަމަށްވާ "ފީލް ޑެސްޓިނޭޝަން މޮބައިލް އެޕް" ރަސްމީކޮށް ލޯންޗުކޮށްފި އެވެ.
މި އެޕް ލޯންޗުކޮށްފައިވަނީ އާ އަހަރު ފެށުން ފާހަގަ ކުރުމަށް ޓޫރިޒަމް މިނިސްޓްރީން އިސް ނަގައިގެން ކުރިއަށް ގެންދިޔަ "ސަނީ ސައިޑް މިއުޒިކް ފެސްޓިވަލް" ގަ އެވެ. މި އެޕްލިކޭޝަން އާ ބެހޭގޮތުން ފީލް އިންވެސްޓްމެންޓް އިން ބުނީ މިއީ މިހާތަނަށް ރާއްޖޭގެ ޓޫރިޒަމްގައި ނެރޭ އެންމެ ގިނަ މައުލޫމާތު ލިބޭ އެޕްލިކޭޝަން އެވެ. އޭގެ ތެރޭގައި ރިސޯޓުތަކާއި ސަފާރީ އަދި ގެސްޓް ހައުސްތަކުގެ މައުލޫމާތު ހުންނާނެ ކަމަށެވެ.
ފީލް އިންވެސްޓްމަންޓަކީ ރާއްޖޭގެ އޮފިޝަލް މެގަޒިން ކަމަށްވާ "މޯލްޑިވްސް އެކޮމޮޑޭޝަން" ގައިޑްވެސް ނެރޭ ކުންފުންޏެވެ.
ފީލް އިންވެސްމަންޓުން ވަނީ ފީލް މޮބައިލް އެޕްގައި އިޝްތިހާރު ކުރުމުގެ ފުރުސަތު ހުޅުވާލާފަ އެވެ. މިގޮތުން މި އެޕްލިކޭޝަންގައި އިޝްތިހާރު ކުރަން ބޭނުންވާ ފަރާތްތަކަށް ވަނީ ފުރުސަތު ހުޅުވާލާފަ އެވެ.
ފީލް އިންވެސްޓްމެންޓްއިން ބުނީ ފީލް މޮބައިލް އެޕްލިކޭޝަން ރާއްޖޭން ބައިވެރިވާ ބޮޑެތި ފެއާތަކުގައި އިޝްތިހާރުކޮށް ދުނިޔޭގެ ބޮޑެތި ޓީވީ ޗެނަލްތަކުގައި އިޝްތިހާރު ކުރާނެ ކަމަށާއި މި އެޕްގައި ބޭރުގެ ދެ ބަހެއްގެ ތަރުޖަމާ ހިމެނޭނެ ކަމަށެވެ. އެކުންފުނީގެ އަމާޒަކީ މިއަހަރު ފީލް މޮބައިލް އެޕަށް 1.5 މިލިއަން ވިއުސް ހޯދުމެވެ.
އެ ކުންފުނިން ފީލް މޮބައިލް އެޕްގައި އަނަން ޖޫން މަހު ބުކިން ހެއްދޭ ގޮތްވެސް ހަމަޖެހިގެންދާނެ ކަމަށެވެ.
ފީލް އިންވެސްޓްމަންޓުން ބޭރުގެ 10 ބަހަކުން ނެރޭ "މޯލްޑިވްސް އެކޮމަޑޭޝަން ގައިޑް" ބޭރުގެ 30 ފެއާއެއްގައި ބަހަ އެވެ.