ވިޔަފާރި

ޖުމެއިރާ ގްރޫޕުގެ ދެވަނަ ހޮޓާ ތުރުކީގައި ހުޅުވަނީ

Mar 15, 2015

ރާއްޖޭގައި ރިސޯޓު ހިންގަމުން ގެންދާ ޖުމެއިރާ ގްރޫޕުން އެ ކުންފުނީގެ ދެވަނަ ހޮޓާ ތުރުކީގައި ހުޅުވުމުގެ މަސައްކަތް ފަށައިފި އެވެ.

ޖުމެއިރާ ގްރޫޕުން ބުނި ގޮތުގައި މި އަހަރުގެ މެއި މަހުގެ އެއްވަނަ ދުވަހު ތުރުކީގައި ހުޅުވާ "ޖުމެއިރާ ބޮޑުމް ޕެލަސް ހޮޓެލް" ހަދާފައިވަނީ ތުރުކީގެ ބޮޑުމް ސިޓީގަ އެވެ. ބޮޑުން އިންޓަނޭޝަނަލް އެއާޕޯޓުން 20 މިނެޓުގެ ރާސްތާގައި ތަރައްގީކޮށްފައިވާ މި ފުރިހަމަ ހޮޓަލުގައި 135 ލަގްޒަރީ ކޮޓަރި ހުރެ އެވެ. މީގެ އިތުރުން މި ރިސޯޓުގައި 12 ކޮޓަރީގެ ފުރިހަމަ ސްޕާއެއް ހުންނައިރު، ހޮޓަލުގެ ޕްރައިވެޓް ވިލާތަކާއިއެކު 57 ސުވިމިން ޕޫލް ވެސް ހުރެ އެވެ.

ޖުމެއިރާ ގްރޫޕުން ދަނީ 2017 ވަނަ އަހަރު އަބޫދާބީގައި ވެސް ރިސޯޓެއް ހުޅުވަން މަސައްކަތް ކުރަމުންނެވެ. ޖުމެއިރާ ސާދާތުގެ ނަމުގައި ހުޅުވާ މި ރިސޯޓުގައި 294 ކޮޓަރި ހުރެ އެވެ.

މަޝްހޫރު ބުރުޖު އަލް އަރަބް ހޮޓާ ނިސްބަތްވާ ޖުމެއިރާ ގްރޫޕުން ރާއްޖޭގައި ހިންގަމުން ދަނީ ޖުމެއިރާ ވަޓަލެވި ރިސޯޓާއި ޖުމެއިރާ ދެވަނަފުށި ރިސޯޓެވެ.