ހަބަރު

އުއްތަމަ ފަނޑިޔާރު ފާއިޒާއި މުއުތަސިމް ފަނޑިޔާރުކަމުން ވަކިކުރަން މަޖިލީހަށް ފޮނުވަން ޖޭއެސްސީން ނިންމައިފި

Dec 11, 2014
2

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރުމުގެ ގޮތުން އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒު ހުސައިނާއި ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން ފަނޑިޔާރުކަމުން ވަކިކުރަން ޖުޑިޝަލް ސާވިސް ކޮމިޝަން(ޖޭއެސްސީ) މިއަދު ނިންމައިފި އެވެ.

އެ ކޯޓުގެ ފަނޑިޔާރުންގެ އަދަދު ފަހަކަށް މަދުކުރަން އެ ކޯޓުން ދެ ފަނޑިޔާރަކު ވަކިކުރަންޖެހޭ ގޮތަށް ކޯޓުތަކާ ބެހޭ ގާނޫނަށް ރައްޔިތުންގެ މަޖިލީހުގެ ގެނައި އިސްލާހު ރައީސް އަބްދުﷲ ޔާމީން މިއަދު ވަނީ ތަސްދީގު ކުރައްވައިފަ އެވެ. އެ އިސްލާހު ބުނާގޮތުން ސުޕްރީމް ކޯޓުން ވަކިކުރަންޖެހޭ ދެ ފަނޑިޔާރުންގެ ނަން ޖޭއެސްސީން މަޖިލީހަށް ފޮނުވުމުން އެ ބޭފުޅުން ވަކިކުރުމާ ގޮތެއް ނިންމާނީ މަޖިލީހުގެ ވޯޓަކުންނެވެ.

ސުޕްރީމް ކޯޓުގައި މިހާރު ތިއްބަވަނީ އުއްތަމަ ފަނޑިޔާރު ފާއިޒާއި ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަބްދުﷲ އަރީފްގެ އިތުރުން ފަނޑިޔާރު އަލީ ހަމީދާއި ފަނޑިޔާރު އާދަމް މުހައްމަދުގެ އިތުރުން އަހުމަދު އަބްދުﷲ ދީދީ އަދި ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާނެވެ.