ކަނޑު އޮތް ގިރި

ކަނޑުއޮތްގިރިން ކަނޑާ މަހުގެ ބޮލާއި ކަށިފަތި ގަންނާނެ ބަޔަކު ހޯދަނީ

Jan 3, 2017
ކަނޑުއޮތްގިރިއަށް ބަޔަކު މަސްކިރުވަނީ: އެ ރަށުން ކަނޑާ މަހުގެ ބާކީ ގަންނާނެ ފަރާތެއް ހޯދަން ވަނީ އިއުލާންކޮށްފައި -- ފޮޓޯ: އަވަސް
0%
0%
0%

ސަރުކާރުގެ މަސް ކުންފުނި، މިފްކޯއިން ހިންގާ ސިނާއީ ރަށް، ކަނޑުއޮތްގިރީގެ ކާރުހާނާގައި މަސްކަނޑާފައި ހުންނަ ބޮލާއި ކަށި ގަންނާނެ ފަރާތެއް ހޯދަން އިއުލާންކޮށްފި އެވެ.

މިފްކޯއިން ބުނީ މާލެ އަތޮޅު ކަނޑުއޮތްގިރީގައިގެ ކާރުހާނާގައި މަސްކަނޑާއިރު ބާކީވާ ބޮލާއި ކަށިފަތީގެ އިތުރުން އެ ރަށުގެ މަސްކަނޑާތަން ސާފުކުރުމުން ނެގޭ އެހެނިހެން ތަކެތި، އެންމެ މަތީ އަގަކަށް ގަންނާނެ ފަރާތެއް ހޯދަން ބޭނުންވާ ކަމަށެވެ. މި ތަކެތި ގަންނަ ފަރާތަކުން، ކޮންމެ ދުވަހަކު ވެސް އެތަކެތި ގެންގޮސް ތަން ސާފުކުރަން ވެސް ޖެހޭނެ ކަމަށެވެ.

ކަނޑުއޮތްގިރީގެ ކާރުހާނާއިން ލިބޭ ބޮލާ ކަށިފައްޗަށް ޝައުގުވެރިވާ ފަރާތްތަކަށް އަންނަ ބުރާފަތީގައި މައުލޫމާތު ސާފު ކުރުމުގެ ބައްދަލުވުމެއް މިފްކޯގައި ބާއްވާނެ އެވެ. ޕްރޮޕޯސަލް ހުށަހަޅަންޖެހެނީ މި މަހުގެ 12 ވަނަ ދުވަހު އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345