މިފްކޯ

ކަނޑުއޮތްގިރިއަށް ހަތަރު ފަރާތެއް ޝައުގުވެރިވޭ: މިފްކޯ

ކަނޑު އޮތް ގިރީގެ ޖެޓީން ކާރުހާނާއަށް މަސް ގެންދަނީ -- ފޮޓޯ: އަވަސް
0%
0%
0%

އެސްޓީއޯއަށް ބެލެނިވެރިކަން ދީފައި އޮންނަ ސަރުކާރުގެ މަސް ކުންފުނި، މިފްކޯގެ ކަނޑުއޮތްގިރީ ކާރުހާނާގައި މަސް ބަންދުކޮށް ދިނުމުގެ ހިދުމަތް އަލުން ފަށަން ހަތަރު ފަރާތަކުން ޝައުގުވެރިކަން ފާޅުކޮށްފި އެވެ.

މަސް ކުންފުނީގެ މެނޭޖިން ޑިރެކްޓަރު، އިސްމާއިލް ފައުޒީ ރާޖެ ޓީވީގެ ޕްރޮގްރާމެއްގައި ބައިވެރިވެ ވަޑައިގެން ވިދާޅުވީ މާލެ އަތޮޅު ކަނޑުއޮތްގިރީގައި މަސް ބަންދު ކުރުން އަލުން ހުޅުވާލަނީ މަސްވެރިކަން ފުޅާކުރަން މި ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ތެރެއިން ކަމަށާއި އެ ރަށުގަި ބޮޑުކަންނެއްޔާއި ފަރުމަހުގެ ބާވަތްތައް ވެސް ބަންދު ކުރާނެ އިރު ހަތަރު ފަރާތަކުން އެކަން ކުރަން ޝައުގުވެރިވާ ކަމަށެވެ.

މިފްކޯގެ ކަނޑު އޮތްގިރިއަށް އަރާ ފޭބުމަށް ބޭނުން ކުރާ މަގަތުފާލަން ވަރަށް ބޮޑަށް ހަލާކުވެފައިވާތީ އެ ރަށުގެ މަސައްކަތް ހުއްޓިފައި އޮންނަތާ ދުވަސްތަކެއް ވެފައި ވެއެވެ. އެކަމަކު މިފްކޯއިން ގެންދަނީ މަސްވެރިކަމުގެ ސިނާއަތު ބަދަލުކޮށް ތަރައްގީ ގެނައުމަށާ މަސައްކަތްތަކެއް ކުރަމުންނެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345