މިނިސްޓްރީ އޮފް އެޑިއުކޭޝަން

ހުރިހާ ސްކޫލެއްގައި އަލިފާން ނިވާ ހަރުކޮށްފި

Jan 3, 2017
1

މި އަހަރުގެ ދިރާސީ އާ އަހަރު ފަށާން ވާއިރަށް ރާއްޖޭގެ ހުރިހާ ސްކޫލެއްގައި އަލިފާން ނިއްވާ ނިޒާމް ހަރުކޮށްފި އެވެ. މި މަސައްކަތް ކުރީ ސިފައިންގެ ވެލްފެއާ ކުންފުނި (ސިވެކް) އާއި ހަވާލުކޮށްގެނެވެ. މި މަޝްރޫއުގެ ދަށުން ރާއްޖޭގެ 215 ސްކޫލެއްގައި ވަނީ އަލިފާން ނިވާ ވަނީ މިހާރު ހަރުކޮށް ނިންމާފަ އެވެ.

އެޑިއުކޭޝަނުން ބުނީ މި އަހަރުގެ ދިރާސީ އަހަރު ފަށާއިރު ރާއްޖޭގެ ހުރިހާ ސްކޫލެއްގައި އަލިފާން ނިވާ ހަރުކޮށްފައިވާއިރު އެކަމުގެ އުސޫލު ތައްޔާރުކޮށް ފަންނީ ތަމްރީނު ލިބިފައިވާ މުވައްޒަފުން ވެސް ސްކޫލްތަކުގައި ބައިތިއްބާނެ ކަމަށެެވެ.

ސްކޫލްތަކުގެ އެ ނިޒާމް ފަސް އަހަރުވަންދެން ސިވެކުން ބަލަހައްޓާއިރު މަޝްރޫއަށް 3.5 މިލިޔަން ރުފިޔާ ހަރަދުކޮށްފައި ވެއެވެ.

މި ނިޒާމް ސްކޫލްތަކުގައި ގާއިމު ކުރި އިރު ދަރިވަރުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރަން ކުއްލި ހާލަތްތަކުގައި ދަރިވަރުންނަށް ރައްކާތެރިކަން ފޯރުކޮށްދިނުމަށް ހުރިހާ ސްކޫލެއްގައި އިމަޖެންސީ އޮޕަރޭޝަން ޕްލޭން ވެސް މިހާރު ވަނީ ތައްޔާރުކޮށްފަ އެވެ. އަދި ސްކޫލަކަށް ދިމާވާ އަލިފާނުގެ ހާދިސާތަކުގައި އަލިފާން ނިއްވުމުގެ ނިޒާމް ބޭނުންކުރަންވީ ގޮތުގެ މައުލޫމާތާއި ތަމްރީނު ސްކޫލްތަކުގެ މުވައްޒަފުންނަށް ދީފައިވެ އެވެ.

މި އަހަރުގެ ދިރާސީ އަހަރު ފަށަނީ މި މަހުގެ އަށް ވަނަ ދުވަހު އެވެ.