އިލެކްޝަންސް ކޮމިޝަން

އީސީން ހައިކޯޓަށް ހުށަހެޅި ދައުވާ ބަލައެއް ނުގަތް

Jan 3, 2017

ކައުންސިލް އިންތިހާބު ފަސްކުރަން ސިވިލް ކޯޓުން ކުރި ހުކުމުގެ ބައެއް ކަންކަން ސާފު ކުރުމަށް އެދި އިލެކްޝަންސް ކޮމިޝަން (އީސީ) އިން ހައިކޯޓަށް ހުށަހެޅި މައްސަލަ ބަލައި ނުގަނެ ބޭރުކޮށްލައިފި އެވެ. އީސީން މި މައްސަލަ ކޯޓަށް ވެއްދީ މިދިއަ މަހުގެ 29 ވަނަ ދުވަހު އެވެ.

އީސީން ހައިކޯޓަށް ހުށަހެޅި މައްސަލާގައި އެދިފައިވަނީ ދަށު ކޯޓުން އެ ކޮމިޝަންގެ މައްޗަށް ކޮށްފައިވާ ހުކުމާއި ގުޅިގެން ހުރި ބައެއް ކަންކަން ސާފުކޮށް ދިނުމަށެވެ.

ސިވިލް ކޯޓުން ވަނީ ކައުންސިލް އިންތިހާބު ދެ މަސް ދުވަހަށް ފަސްކުރަން ހުކުމްކޮށްފަ އެވެ. އެ ހުކުމް ހައިކޯޓުގައި އިލެކްޝަންސް ކޮމިޝަނުން އިސްތިއުފާންކުރި ނަމަވެސް ޕާޓީތަކުގެ ލަފާގެ މަތިން، އެ ކޮމިޝަނުން ފަހުން ވަނީ އިސްތިއުނާފަށް ހުށައެޅި މައްސަލަ އަނބުރާ ގެންގޮސްފައެވެ.