ހޮލީވުޑް

50 އަހަރުގައި ޖެނެޓް ޖެކްސަން އަށް ދަރިއަކު ލިބިއްޖެ

Jan 4, 2017

އުމުރުން 50 އަހަރުގައި ޖެނެޓް ޖެކްސަން އަށް ދަރިއަކު ލިބިއްޖެ އެވެ. ޖެކްސަން އާއިލާގެ އެންމެ ހަގު މެމްބަރު ޖެނެޓް ޖެކްސަން ފިރިހެން ކުއްޖަކު ވިހާފައިވަނީ މިދިޔަ އަންގާރަ ދުވަހު އެވެ. އެ ކުއްޖާ އަށް ކިޔާފައިވަނީ އީސާ އަލް މަނާ އެވެ.

ގަތަރުގެ ބިލިއަނަރެއް ކަމަށްވާ ވިސާމް އަލް މަނާއާ ޖެނެޓް ޖެކްސަން ކައިވެނި ކޮށްފައިވަނީ 2012 ވަނަ އަހަރު އެވެ.

ޖެނެޓް ޖެކްސަންގެ ރިޕްރަޒެންޓެޓިވް އަކު މީޑިއާ ތަކަށް ދީފައިވާ ބަޔާނެއްގައި ބުނެފައިވަނީ ފުރަތަމަ ދަރިފުޅު ލިބުމުން ދެ މީހުން ވެސް ތިބީ ވަރަށް އުފާވެފައި ކަމަށެވެ. އަދި ދެމައިންގެ ވެސް ހާލު ރަނގަޅު ކަމަށެވެ.

ޖެނެޓް ޖެކްސަން ބަނޑުބޮޑުކަން މީޑިއާގައި އިއުލާންކޮށްފައިވަނީ މިދިޔަ އޮކްޓޯބަރ މަހު ތެރޭގަ އެވެ.

ނަވާރަސަތޭކައިގެ އަހަރުތަކުގައި ބޮޑު މަޝްހޫރް ކަމެއް ހޯދި ޖެކްސަން އާއިލާ އަކީ އޭރު ލަވައިގެ ދުނިޔޭގައި އެންމެ އަޑުގަދަ އާއިލާ އެވެ. އެ އާއިލާގެ އަޑު މަޑުވެގެން ގޮސްފައިވަނީ ލަވައިގެ ދުނިޔޭގެ ރަސްގެފާނު މައިކަލް ޖެކްސަންގެ މަރާއެކު އެވެ. މައިކަލް ޖެކްސަން މަރުވެފައިވަނީ 2009 ވަނަ އަހަރު އެވެ.