އެކްސިޑެންޓް

މާލޭގައި އެކްސިޑެންޓެއްވެ މީހަކަށް އަނިޔާވެއްޖެ

މާލޭގައި މިއަދު މެންދުރުފަހު އެކްސިޑެންޓެއް ހިނގައި މީހަކަށް އަނިޔާވެއްޖެ އެވެ. މިއަދު އެކްސިޑެންޓް ހިނގާފައިވަނީ ސޯޝަލް ސެންޓަރު ކައިރީގަ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ، އެކްސިޑެންޓް ހިނގީ ބާރު ސްޕީޑް ދުއްވާފައިދިޔަ ސައިކަލް ކޮންޓްރޯލު ނުކުރެވިގެން ފާރެއްގައި ޖެހިގެން ކަމަށާއި އެ ސައިކަލް ދުއްވަން އިން މީހާއަށް އެކިވަރުގެ އަނިޔާ ލިބިފައިވާ ކަމަށާއި މިހާރު އައިޖީއެމްއެޗްގައި ފަރުވާ ދެމުންދާ ކަމަށެވެ.

އައިޖީއެމްއެޗަށް ގުޅޭ ގޮތް ނުވުމުން އޭނާގެ ހާލު އަދި ސާފެއް ނުވެ އެެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ސައިކަލް ފާރުގައި ޖެހުނު ވަގުތު ސައިކަލް ދުއްވަން އިން މީހާ ގޮސް ޖެހުނީ ހޮޅި ދަނޑިއެއްގަ އެވެ. އޭނާގެ ބޯ ހޮޅިދަނޑީގައި ޖެހުމުގެ ސަބަބުން ނޭފަތުންނާއި އަނގައިން ވަރަށް ގިނަ ލޭ އައި ކަމަށްވެ އެވެ.

އެކްސިޑެންޓް ހިނގިއިރު ސައިކަލް ފަހަތުގައި ވެސް މީހަކު އިނެވެ. އޭނާއަށް މާ ބޮޑު އަނިޔާއެއް ނުވެއެވެ.