ޓެކްނޯލޮޖީ

ދެހާސްސޯޅަ ވަނަ އަހަރު އަހަރު ވެގެން ގޮސްފައިވަނީ ސްމާޓްފޯން ޓެކްނޮލޮޖީގައި ވަރަށް ފާހަގަކޮށްލެވެގިން ދިޔަ އަހަރަކަށެވެ. މުޅިންތަފާތު އަދި ގިނަ ބަޔަކު ސިއްސުވާލި އެތަށް ފީޗާތަކަކާއި އެކު ސްމާޓްފޯންތަށް ގިނަވި އަހަރަކަށެވެ. އެގޮތުން ވޭތުވެދިޔަ އަހަރު އެންމެ ބޮޑު ތަފާތެއް ގެނައީ އެޕަލްގެ އައިފޯން 7ކުންނެވެ. އެފޯނު ވެގެންދިޔަކީ ހެޑްފޯންޖެކް ނުހިމަނާ އުފެއްދި ފުރަތަމަ އައިފޯނަށެވެ.

ހެޑްފޯންޖެކްގެ ބަދަލުގައި އެޕަލްއިން ލޯންޗްކުރީ ވަޔާލެސް ހެޑްފޯނެއް ކަމުގައުވާ އެޕަލް އިއާޕޮޑްސްއެވެ. ނަމަވެސް މި އިއާޕޮޑްސް ވެގެންދިޔައީ މާގިނަ ބަޔަކު އެއަކަށް ޝައުގުވެރިވި އެއްޗަކަށް ނޫނެވެ. ސަބަބަކީ ގިނަ ބަޔަކު ދެކޭގޮތުގައި މި އިއާޕޮޑްސްއަކީ އަވަހަށް ގެއްލޭނެފަދަ އެއްޗަކަށްވުމެވެ. އަދި ހެޑްފޯންޖެކް ނެތުމުގެ ސަބަބުން ޗާޖިންގް ފޯޓަށް ވަޔާހެޑްފޯން ފޯން ޗާޖްކުރާ ގަޑި ތަކުގައި ބޭނުންނުކުރެވުމުވެ. މި ސަބަބުތަކާއި އެކުވެސް ގިނަ ބަޔެއްގެ ޖީބުތަކަށް އައިފޯން 7 ވަނީ ވަދެފައެވެ. ސަބަބަކީ މި ފީޗާގެ އިތުރަށް ދެން ތައާރަފްކުރި ފީޗާތަށް މޮޅުވުމެވެ. އައިފޯން 7 ބޭނުންކުރާ ގިނަ ބަޔަކު ދެން ލޯއަޅަމުންދިޔައީ ހެޑްފޯން ބޭނުންކުރަމުން ފޯން ޗާޖްކޮށްލެވޭނެފަދަ ޕްރޮޑަކްޓަކަށެވެ. އެއިންތިޒާރަށް ނިނުމެއް ގެނެއުމަށްޓަކައި ގިނަ ކުންފުނިތަކަކުން މިދަނީ ތަފާތު މޮޅެތި ޕްރޮޑަކްޓަކެއް ލޯންޗުކޮށް އަޖުމަ ދައްކާލަމުންނެވެ.

މިފަހަރު މި ގޭމްގެ ތެރެއަށް މިވަނީ ދުނިޔޭގެ އެންމެ ބޮޑު ކަވަރު ހަދާ ކުންފުންޏެއްކަމުގައިވާ "އިންސިޕިއޯ" ކުންފުނިންނެވެ. މިކުންފުނިން މިވަނީ އޯއެކްސް ކިޔާ އައިފޯން ކަވަރެއް ދުނިޔޭގެ ބާޒާރަށް ނެރުމަށް މަސައްކަތް ކުރަމުންނެވެ. މި ކަވަރުގެ ޒަރިއްޔާއިން އެޕަލް އައިފޯންނަށް އަނެއްކާވެސް ކުރީގެ ހެޑްފޯން ޖެކްއާއި ޗާޖިންޕޯޓް އަންނާނެއެވެ. މިއީ 2 އިންވަން ޑިވައިސްއެއްކަމަށް އިންސްޕިއޯގެ އޮފިޝަލް ސައިޓުގައި ވަނީ ކަށަވަރު ކޮށްފައެވެ.

މި ކަވަރުގައި ކުރިއެކޭ އެއްގޮތަށް އައިފޯން ގައި ހުންނަ 3.5mm ގެ އޯޑިއޯ ޖެކާއި ލައިޓްނިންގް ޕޯޓް ހުންނާނީ އައިފޯން 6އެސް ގައި ވެސް ހުންގަގޮތަށް ފޯނުގެ ތިރީގައެވެ. ކަވަރު ދިގުމިން ފޯނުގެ ދިގުމިންނަށް ވުރެ ބައި އިންޗިއެއްހާ ދިގުވާނެއެވެ. އަދި ފޯނުގެ ސްޕީކާރުތަށް ހުންނާނީ ކަވަރުގައި އިތުރުވާ ބައިގައި ކަވަރުގެ އަޕާސާފޭސްގައެވެ. މި ކަވަރު ހަދައިފައިވަނީ ރިގިޑް ޕްލެކްސްޓޮނިއަމް ޕޮލިކާބޮނޭޓް ޝެލްއެއް ބޭނުންކޮށްގެނެވެ. މި ޝެލްއަކީ ވެއްޓޭ ގަޑިތަކުގައި ފޯން ޑިފެންޑްކުރުމަށް ބޭނުންކުރެވޭ ޝެލްއެއްކަން ފާހަގަ ކުރެވެއެވެ.

މި ކަވަރުގެ 2 ސައިޒެއް ވަނީ ނެރުމަށް ހަމަޖެހިފައެވެ. އެއީ އައިފޯން 7 އަދި އައިފޯން 7 ޕްލަސްގެ ސައިޒެވެ. އޯއެކްސް ބާޒާރަށް ނެރޭއިރު ފުރަތަމަ ނެރުމަށް ހަމަޖެހިފައިވަނީ ހަމައެކަނި ކަޅު ކުލައެވެ. އަދި ނެރޭ އިރު ނެރުމަށް ހަމަޖެހިފައިވާ 59.99 ޑޮލަރަށެވެ. އެއީ ރައްޖޭގެ 925 ރުފިޔާއެވެ. އިންސިޕިއޯއިން އެމީހުންގެ ރަސްމީ ވެބްސައިޓުގައި ބުނެފައިވަނީ މި ޕްރޮޑަކްޓް ވަރަށް އަވަހަށް ނެރޭނެކަމަށެވެ. ވަކި ތާރީހެއް އަންގާފައެވެ ނުވެއެވެ.