ކުރީގެ ފަސްޓް ލޭޑީ ފާތުމަތު އިބްރާހިމް

ހުޅުމާލޭގެ ރައްޔިތުންނާ ފަސްޓް ލޭޑީ ބައްދަލު ކުރައްވައިފި

Jan 7, 2017
މެޑަމް ފާތުމަތު އިބްރާހިމް މިއަދު ހުޅުމާލޭގެ އަންހެނެއްގެ ހާލު ބައްލަވައި އޭނާގެ ވާހަކަ އައްޑު އައްސަވަނީ -- ފޮޓޯ: ރައީސް އޮފީސް
0%
0%
0%

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، މެޑަމް ފާތުމަތު އިބްރާހީމް، ހުޅުމާލޭގެ ރައްޔިތުންނާ މިއަދު ހަވީރު ބައްދަލު ކުރައްވައިފި އެވެ.

ރައީސް އޮފީހުން ބުނީ އެކަމަނާގެ މި ބައްދަލުކުރެއްވުން އޮތީ ހުޅުމާލޭގެ ޣާޒީ ސްކޫލްގައި ކަމަށެވެ. މި ބައްދަލު ކުރެއްވުމުގައި އެކަމަނާ ވަނީ އެކި ބޭފުޅުންނާއި އާއިލާތަކާ ބައްދަލު ކުރައްވާ ހާލު ބައްލަވައި ބައެއްކަންކަން އޮޅުންފިލުއްފާ ހައްދަވާފަ އެވެ.

އަދި މި ބައްދަލުވުމުގައި ފިނޭންސް މިނިސްޓަރާއި ހޯމް މިނިސްޓަރާއި އިކްނޮމިކް މިނިސްޓަރުގެ އިތުރުން އެޗްޑީސީ އާއި ސަރުކާރުގެ އެހެން ބައެއް އިދާރާތަކުގެ ވެރިންވެސް ބައިވެރިވެ ވަޑައިގެންނެވި އެވެ. ނަމަވެސް މި ބައްދަލުކޮށްލުވުމާބެހޭ ތަފުސީލު އާންމުކޮށްފައެއް ނުވެއެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345