ތޯރިގު އިބްރާހިމް

ބޮޑެތި ރަށްރަށަށް އިއާދަކުރަނިވި ހަކަތަ ފޯރުކޮށްދޭން ތައްޔާރުވަނީ

Jan 9, 2017
1
އެނާޖީ މިނިސްޓަރު ތޯރިގު އިބްރާހިމް: އިއާދަކުރަނިވި ހަކަތަ ފޯރުކޮށްދޭން މަސައްކަތް ކޮށްދެއްވާ -- ފޮޓޯ | އަވަސް
0%
0%
0%

ދުނިޔޭގެ ބާޒާރުގައި ތެޔޮ އަގު ބޮޑުވަމުންދާ ވަރަކަށް ކަރަންޓުގެ އަގު ވެސް ބޮޑުވަމުންދާނެ ކަމަށާއި، ރާއްޖޭގެ ހުރިހާ ރަށަކަށް އިއާދަކުރަނިވި ހަކަތަ ފޯރުކޮށްދޭން ސަރުކާރުން މަސައްކަތް ފަށާފައިވަނީ ތެލުގެ އަގަށް އަންނަ ބަދަލުތަކުން ލިބޭ ގެއްލުން ކުޑަކުރަން ކަމަށާއި ރާއްޖޭގެ ބޮޑެތި އާބާދީތަކަށް އިއާދަކުރަނިވި ހަކަތަ ފޯރުކޮށްދޭން ތައްޔާރވަމުން އަންނަ ކަމަށް ހަކަތައާ ބެހޭ މިނިސްޓަރު ތޯރިގް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

"ޗެނަލް ތޭރަ" އިގެ "ނިއުސް ޓޯކް" ޝޯގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ތެލުގެ އަގަށް އަންނަ ބަދަލާ ގުޅިގެން ކަރަންޓު ބިލަށް އަންނަ ބޮޑެތި ބަދަލުތަކަށް ދިވެހިން ހޭނިފައި ނުވަނީ މިދިޔަ އަހަރާއި ހަމަޔަށް ސަރުކާރުން ކަރަންޓަށް ބޮޑު ސަބްސިޑީއެއް ދެމުން ދިއުމުގެ ސަބަބުން ކަމަށެވެ. ނަމަވެސް އެ ސަބްސިޑީ ދިނުން ހުއްޓާލުމުން ބޮޑުވާ ހަރަދު މިއަދު ދިވެހިން ތަޖުރިބާކުރަންޖެހިފައިވާ ކަމަށާއި އެކަމަށް ހައްލެއް ހޯދައިދޭން ސަރުކާރުން ގިނަ މަސައްކަތްތަކެއްވެސް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން އަންނަ އަހަރުގެ ނިޔަލަށް ރާއްޖޭގެ ހުރިހާ ރަށަކަށް ދުވާލުގަޑީގައި ބޭނުންވާ ކަރަންޓުގެ 30 ޕަސެންޓް އިއާދަކުރަނިވި ހަކަތައިން ކަށަވަރުކޮށްދިނުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ، އިއާދަކުރަނިވި ހަކަތަ ބޭނުންކުރުން އަޖުމަ ބެލުމަށް ފެށި ޕްރޮގްރާމްތަކުން އެދެވޭ ނަތީޖާތަކެއް ފެންނަ ކަމަށާއި އެހެންކަމުން ބޮޑެތި އާބާދީތަކަށް ވެސް އިއާދަކުރަނިވި ހަކަތަ ފޯރުކޮށްދިނުމަށް ވެސް ތައްޔާރުވަމުން އަންނަ ކަމަށެވެ.

"ހަރަދު ކުޑަކުރަން އަޅުގަނޑުމެން ޖެހެނީ ތެލަށް ބަރޯސާވާ މިންވަރު ކުޑަކުރަން އިއާދަކުރަނިވި ހަކަތަ މުޅި ރާއްޖެއަށް ލިބޭނެ ގޮތް ހެދުމަށް ސަރުކާރުން މަސައްކަތް ފަށާފައިވަނީ އެ ސަބަބާހެދި. ދެމެހެއްޓެނިވި ގޮތެއްގައި ރާއްޖޭގައި ކަރަންޓު އުފެއްދުން މިހާރު މިވަނީ މުހިއްމު ކަމަކަށް ވެފައި، އިއާދަކުރަނިވި ހަކަތަ ބޭނުން ކުރާ ކުދި ރަށްރަށުން މި ފަރަގު ފާހަގަވެގެންދޭ،" މިނިސްޓަރު ވިދާޅުވި އެވެ.

ދެހާސް އަށާރައިގެ ނިޔަލަށް ރާއްޖޭގެ ހުރިހާ ރަށެއްގައި ދުވާލު ބޭނުންކުރާ ކަރަންޓުގެ ބޮޑު ބައެއް އިއާދަކުރަނިވި ހަކަތައިން ފޯރުކޮށް ދިނުމަށް ފަށާފައިވާ މަސައްކަތުގެ ދަށުން އައްޑޫގައި 1.7 މެގަވޮޓުގެ ސޯލާޕެނަލް ހަރުކޮށް، އިތުރު ހަތަރު ރަށެއްގައި އެ ތަކެތި ހަރުކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ކޮންމެ ރަށަކަށް ވެސް ދުވާލު ގަޑީގައި ބޭނުންވާ ކަރަންޓުގެ 30 ޕަސެންޓް ކަށަވަރު ކުރުމުގެ މަސައްކަތް މިދަނީ ކުރަމުން، 2018 އާ ހަމަޔަށް އެ ލަނޑުދަނޑިއާ ހަމަޔަށް ވާސިލްވެވޭނެ ކަމުގެ އުންމީދު އެބައޮތް،" މިނިސްޓަރު ވިދާޅުވި އެވެ.

ތޯރިގް ވިދާޅުވީ، ހއ. އާއި ހދ. ގެ ހުރިހާ ރަށެއްގައި ސޯލާ ޕެނަލް ހަރުކުރުމުގެ މަސައްކަތް ވެސް މިހާރު ޓެންޑާކޮށްފައިވާ ކަމަށެވެ.

1 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

މުޙައަމަދު

ތިއީ ހޮޅި ވާހަކައެއް، ތި ވާހަކަ ތައް އަޑުއަހާ އަހާ ފޫހިވެއްޖެ، ބަސްމަދުކޮށް ޢަމަލު ގިނަކޮށްބަލަ! އަބަދުވެސް އިޔާދަކުރެނެވި ހަކަތައިން ކަރަންޓް ފޯރުކޮށްދޭވަހަކަ، ތިކަމުގެ ކޮޅެއްދައްކާދީބަލަ، މި މަސައްކަތް ކުރާގޮތާ މީގެންވާފައިދާއަކާ މި ތަކެތި ލިބޭނެގޮތާ މި ކަންކަން ކިޔާދީބަލަ، މީޑިއާތަކަށްވެސް ނުފޫޒް ފޯރުވަނީ ސިޔާސީ ކަންކަން ގެނެސްދިނުމަށް، ޓީވީ ތަކުން މިކަންކަން ގެނެސްދީބަލަ، މިކަމަށް ބޭނުންވާ ތަކެތި ގެނެސް ރައްޔަތުންނަށް ފަސޭހައިން ލިބޭނެ ގޮތެއް ހަދާދީބަލަ، ތިކަން ސަރުކާރުން ކުރަން އެހާ ބޭނުންނަމަ، އެހެން ޤައުމު ތަކުގައި ކުރާހެން ހޭލުންތެރި ޕްރޮގްރާމް ތަކާ ސަބްސިޑީސް ލިބެނެގޮތެއް ހަދާދީބަލަ، ތިކަން ކުރަންބޭނުމެއް ނުވޭ ކޮންމެވެސް ވާހަކއެއް ދައްކަނީ ރައްޔަތުންނަށް ކަމެއްކޮށްދޭކަމަށް ތި މިނިސްޓްރީން މިހާރު ކުރަނީ ކޮންކަމެއްބާ

March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345