އިމިގްރޭޝަން

ޓޫރިސްޓު ވިޒާގެ ބިދޭސީން ސްޕެޝަލް ވިޒާއަށް ބަދަލެއް ނުކުރެވޭނެ: އިމިގްރޭޝަން

Jan 9, 2017

ޓޫރިސްޓު ވިޒާގައި ރާއްޖެ އަންނަ ބިދޭސީންގެ ވިޒާ އިންޓާންޝިޕްގެ ގޮތުގައި ސްޕެޝަލް ވިޒާއަށް ބަދަލު ނުކުރެގޮތަށް ހަމަޖައްސައި އިންޓާންޝިޕްގެ ގޮތުގައި ރާއްޖެ އަންނަ ބިދޭސީން ސްޕެޝަލް ވީޒާ ފޯމް ފުރިހަމަކޮށް ރާއްޖެ އައުމުގެ ތިން ދުވަސް ކުރިން ހުށަހަޅަންޖޭ ގޮތަށް މޯލްޑިވްސް އިމިގިރޭޝަނުން ނިންމައިފި އެވެ.

އިމިގްރޭޝަނުން ބުނީ ފަހަކަށް އައިސް ގިނަ އަދަދެއްގެ ބިދޭސީން ޓޫރިސްޓް ވީޒާގައި ރާއްޖެއަށް އެތެރެވުމަށްފަހު، އިންޓާންސްގެ ގޮތުގައި ސްޕެޝަލް ވީޒާއަށް ބަދަލުކޮށްދިނުމަށް އެދި ހުށަހަޅަމުން އަންނަ ކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ. އެހެންވެ އިއްޔެ އިން ފެށިގެން އިންޓާންޝިޕްގެ ގޮތުގައި ރާއްޖެއަށް އަންނަ ބިދޭސީއެއްނަމަ، ސްޕެޝަލް ވީޒާ އެޕްލިކޭޝަން ފޯމު ފުރިހަމަކުރުމަށްފަހު އެ ބިދޭސީއަކު ރާއްޖެއަށް އައުމުގެ ތިން ދުވަސް ކުރިން ހުށަހަޅައި ހުއްދަ ހޯދަންޖެހޭނެ ކަމަށާއި އެ ތިން ދުވަސް ގުނާނީ ބަންދުދުވަސްތައް ނުހިމަނާ ކަމަށެވެ.

އަދި އިއްޔެ އިން ފެށިގެން ފެށިގެން ޓޫރިސްޓް ވީޒާގައި އެތެރެވެފައިވާ ބިދޭސީއެއްގެ ވީޒާ، އިންޓާންޝިޕްގެ ގޮތުގައި ސްޕެޝަލް ވީޒާއަށް ބަދަލު ނުކުރެވޭނެ ގޮތަށް ވެސް މޯލްޑިވްސް އިމިގްރޭޝަނުން ވަނީ ހަމަޖައްސާފަ އެވެ.