ވިކްޓަރީ

އަދުހަމް ވިކްޓަރީއަށް ސޮއި ކޮށްފި

Jan 11, 2017

މިދިޔަ އަހަރު ކުލަބު ވެލެންސިއާއަށް ކުޅުނު ހަސަން އަދުހަމް (ސަޑޭ) ވިކްޓަރީއަށް ސޮއި ކޮށްފި އެވެ.

އަދުހަމް ވެސް ވިކްޓަރީ އަށް ސޮއި ކުރީ އެއް އަހަރު ދުވަހުގެ މުއްދަތަށެވެ.

އަންނަ ސީޒަނަށް ވަރުގަދަ ޓީމެއް ބިނާ ކުރުމަށް ވިކްޓަރީގެ ޗެއާޕާސަން އިބްރާހިމް ނަޒީމް ވެފައިވާ ވައުދުގެ ދަށުން އަދުހަމް އަކީ ކުރިއަށް އޮތް ސީޒަނަށް ވިކްޓްރީ އަށް ގެނައި ދެ ވަނަ ކުޅުންތެރިޔާ އެވެ. މީގެ ކުރިން، މިދިޔަ ސީޒަންގައި ނިއުރޭޑިއަންޓަށް ކުޅުނު އަހްމަދު ނިޔާޒު (ނިޔާ) ވެސް ވަނީ ވިކްޓްރީ އަށް ސޮއި ކޮށްފަ އެވެ.

އަދުހަމް ވަނީ މީގެ ކުރިންވެސް ވިކްޓަރީ އަށް ވެސް ކުޅެފައެވެ.

ވެލެންސިއާ އަށް މިދިޔަ ސީޒަންގައި އެފްއޭ ކަޕް ކާމިޔާބު ކޮށްދިން އިރު އަދުހަމް ވަނީ މޮޅު ކުޅެއް ދައްކާފަ އެވެ.

މާޒިޔާ އާއި އީގަލްސް އަށް ވެސް ކުޅުނު އަދުހަމް އަކީ 2012 ވަނަ އަހަރު ޒުވާޏް ގައުމީ ޓީމު، ލަންކާގައި ބޭއްވި މަހިންދަ ރާޖަޕަކްސާ އިންޓާނޭޝަނަލް ފުޓްބޯޅަ މުބާރާތް ކާމިޔާބު ކުރި ޓީމުގެ ކެޕްޓަނެވެ.