އެމްޓީސީސީ

އެމްޓީސީސީގެ ކޮންނަ ބޯޓު، މަހާ ޖައްރާފު ބާލައިފި

Jan 12, 2017
3
0%
0%
0%

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ގެ ކޮންނަ ބޯޓު "މަހާ ޖައްރާފު" ބަނދެ ނިންމައި މޫދަށް ބާލައިފި އެވެ.

ބިން ހިއްކުމުގެ މަސައްކަތަށް ބޮޑު ކުރިއެރުމެއް އަންނާނެ މި ޑްރެޖަރު ބަނުމުގެ މަސައްކަތް ކޮށްފައިވަނީ ނެދަލެންޑްސްގެ އައިއެޗްސީއާ ހަވާލު ކޮށްގެން ޗައިނާގެ ނަންޓޮން ރެއިންބޯ މެރިން ޓެކްނޮލޮޖީ ބޯޓު ޔާޑުގަ އެވެ. އަދި މި އުޅަނދު ބޭލުމަށް ބޭއްވި ރަސްމިއްޔާތުގައި އެމްޓީސީސީގެ ސީއީއޯ އިބްރާހިމް ޒިޔަތު އާއި އެ ކުންފުނީގެ ޗެއާމަން އަހުމަދު ނިޔާޒު ބައިވެރި ވަޑައިގަތެވެ.

އެމްޓީސީސީންގެ ފޭސްބުކް ޕޭޖުގައި ކޮންނަ ބޯޓު ބާލާ ވީޑިއޯއެއް ވަނީ އާއްމުކޮށްފަ އެވެ.

އެމްޓީސީސީއިން މި އުޅަނދު ބަނުމަށް 36 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 555 މިލިއަން ރުފިޔާ) ހޭދަ ކުރެ އެވެ.

އެމްޓީސީސީގެ ސީއީއޯ އިބްރާހީމް ޒިޔަތު ކުރިން ވިދާޅުވެފައިވާ ގޮތުގައި ޑްރެޖަރު ބޭލުމަށްފަހު ބައެއް ޓެސްޓްތައް ކުރާނެ އެވެ. އަދި ޑްރެޖަރު ގެންނާނީ މި އަހަރުގެ އެޕްރީލް މަހު އެވެ.

މި އުޅަނދު ރާއްޖެ އައުމާއެކު ބިން ހިއްކުމުގެ ބޮޑެތި މަޝްރޫއުތައް ރާއްޖެ އާއި ރާއްޖޭން ބޭރުގައިވެސް ކުރެވޭނެ ކަމަށް ސީއީއޯ ޒިޔަތު ވިދާޅުވެފައިވެފައިވެ އެވެ.

އެމްޓީސީސީގެ ކޮންނަ ބޯޓު "މަހާ ޖައްރާފު" އަކީ 50 މީޓަރު އަޑިން ވެލި ނެގުމުގެ ގާބިލްކަން ހުރި އުޅަނދެކެވެ. މި އުޅަނދުގެ ދިގުމިނުގައި 90 މީޓަރު ހުންނައިރު، މި ބޯޓަށް އެއްފަހަރާ 3700 ކިއުބިކް މީޓަރުގެ ވެލި ބަރުކުރެވޭނެ އެވެ. މިއީ ބިން ހިއްކުމަށް ބޭނުން ކުރާ އެންމެ ޒަމާނީ އުޅަދަށް ވާނެ އެވެ.

3 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ސްވިޓަރ

މިއީ ރާއްޖޭގެ އިޤްތިޞާދަށް ކުރިއެރުން ގެނެސްދޭނެކަމެއް. ބޭރުފައިސާ ހިފެހެއްޓޭނެ ވަސީލަތެއް. ރާއްޖޭގެ ކުންފުންޟަކުން ބޭރު ގައުމުތަކުގައި މަސައްކަތްކުރެވޭނެ ދޮރެއް. ވަރަށް ބަރާބަރު.

ބްލެކްސްޓޯނަރ

އުއްމީދު ކުރަނީ "މަހާ ޖައްރާފް"ގެ ސަބަބުން ތަރައްޤީ މެކުހަށް ޖަހާނެކަމަށް. މީ އުފާވެރި ޚަބަރެއް.

ޗޭންޖްއިޓް

އެމްޓީސީސީގެ "މަހާ ޖައްރާފް" ޓެސްޓްކުރަން ބާލައިިފި. މީހެޕީ ނިއުސް އެވެ. މަމެން ނަށް މެޖިކް ސެވެންޓީން ގައި މުޅިން ވެސް އަޑު އިިވިގެން މިދަނީ ފުލު ފުލުގައި އުފާވެރި ޚަބަރު ތަކުގެ އޯޓަމް ބްރީޒް ދޯ. އެމްޓީސީސީ އަށް ވޯލްޑް ކްލާސް ފެންވަރުގެ ޑްރެޖަރެއް ގެންނަނީ އެވެ. އެމްޓީސީސީ އިން މިޑްރެޖަރު ގެންނަންވާ އިރަށް އެމްޓީސީސީ އަށް މިއަހަރު ބަޖެޓް ގައި ކަނޑައެޅިފައިވާ ހުރިހާ ޑޮމެސްޓިކް އެއާރޕޯރޓްސް ތައް ހަދަން ދޭންވީ އެވެ. އަދި ގުޅި ފަޅު ވެސް އެއްކޮށް ހިއްކާލަން އެމްޓީސީސީ އަށް މިހާރުން މިހާރަށް ދޭން ވީއެވެ. އަދި ތިލަފުށި ވެސް ހިއްކަން ދޭންވީ އެވެ. އަދި މާލެ ސަރަހައްދުގައި ހުރިއްޔާ ހުރި ހުރިހާ ފަޅު ތައް ވެސް ހިއްކަން އެމްޓީސީސީ އަށް ދޭންވީއެވެ. ރާއްޖޭގެ ތަރައްގީ އަޕަރ ސްޓްރީމް އަށް ހިއްލާލާ މަމެން ޕިންކީން ދެކެން ބޭނުންވާ ލިޓިލް ސިންގަޕޯރ ސައިލެންޓް ޑްރީމް ހަގީގަތަކަށް ހަދަންވީ އެވެ. ސީ ޖަސްޓް ހައު ފާސްޓް އިނަފް އިޓް ކޭން ބީ ޗޭންޖްޑް، ދެން ޗޭންޖް އިޓް، ޗޭންޖް އިޓް، އީވެން ވެލް އިނަފް ޗޭންޖް އިޓް. ދިސް އިޒް އޮންލީ ގެޓިންގް ނޯން ޓު އަސް.

March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345