އެމްއެންޑީއެފް

އެމްއެންޑީއެފް ކަނޑުގެ ފްލީޓަށް ފަސް އުޅަނދު ގެނެސްފި

Jan 12, 2017
1
  • ފަރުމާކޮށްފައި ވަނީ ވަޒަން ނާރާ ގޮތަށް
  • ނަން ދިނީ ހަވަރުގެ ނަމުން
  • ބަންޑުން ޖެހި އަމިއްލައަށް ފުށުންޖެހޭ

އެމްއެންޑީއެފް ކަނޑުމަތީގެ ފްލީޓަށް ފަސް ފާސްޓް އިންޓަސެޕްޝަން ކްރާފްޓް ގެނެސް ރަސްމީކޮށް އެ އުޅަނދުތައް މިއަދު އިފްތިތާހު ކުރުމާއެކު ބޭނުން ކުރަން ފަށައިފި އެވެ. އާ އުޅަނދުތައް އިފްތިތާހުކޮށް ދެއްވީ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ ވެރިޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމެވެ.

އާ އުޅަނދުތައް ބޭނުން ކުރަން ފެށުމުގެ ގޮތުން ޖުމްހޫރީ މައިދާނުގައި މިއަދު ހަވީރު ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޗީފް އޮފް ޑފެންސް ފޯސްމޭޖާ މޭޖާ ޖެނަރަލް އަހުމަދު ޝިޔާމް ވިދާޅުވީ އެ އުޅަނދުތައް ގެނައުމާއެކު ރާއްޖޭގެ އުތުރާއި ދެކުނުގައި ގާއިމްކޮށްފައިވާ ހަތަރު މަރުކަޒުން އެއް ފެންވަރެއްގައި ކަނޑުމަތީ ހިދުމަތް ދިނުމުގެ ފުރުސަތު ފަހިވާނެ ކަމަށެވެ. -- މި އުޅަނދުތަކަށް ނަންދީފައި ވަނީ "ހަވަރު" ގައި ހިމެނޭ ފަސް ނަމުންނެވެ.

އަދި އެ އުޅަނދުތައް ބޭނުން ކުރާނީ ކޮންމެ ސަރަހައްދެއްގެ 12 މޭލުގެ ރޭޑިއަސްގައި ކަމަށާއި އަދި ކުރިން ބޭނުން ކުރަމުން ބޮޑެތި އުޅަނދުތައް ބޭނުން ކުރާނީ އެ ސަރަހައްދުތަކުގެ 12 މޭލުން ބޭރުން ކަމަށެވެ.

"މި އުޅަނދުތަކަކީ ރާއްޖޭގައި ދިރިއުޅޭ މީހުންގެ ސަލާމަތަށް ވަރަށް މުހިންމު އުޅަނދުތަކެއް. އަޅުގަނޑުމެންގެ އުންމީދަކީ މި ސެކިއުރިޓީ ސާވިސްގެ ތެރެއަށް ވައިގެ އުޅަނދުތައް ވެސް ހިމެނުން. އިރާދަ ކުރެއްވީއާ އެކަންވެސް ފަހިވެގެން ދާނެ،" ޝިޔާމް ވިދާޅުވި އެވެ.

ކޯސްޓް ގާޑުން ގެނައި ފަސް އުޅަނދުގެ ތެރެއިން އެއް އުޅަނދަކީ ކޮރެއާ ސަރުކާރުން ހަދިޔާކޮށްފައިވާ އުޅަނދެކެވެ. އަނެއް އުޅަނދުތަކަކީ
ސްރީ ލަންކާގައި ބަން އުޅަނދުތަކެކެވެ.

އަލަށް ގެނައި ފަސް ފާސްޓް އިންޓަސެޕްޝަން ކްރާފްޓް ހަދާފައި ވަނީ ވަޒަން ނާރާ ގޮތަށެވެ. އަދި ކަނޑުމަތީ ބަންޑުން ޖަހާލައިފި ނަމަ އަމިއްލައަށް ތެދުވެވޭ އިރު މިސައިލް ހަރު ކުރެވޭ ފަދަ ގާބިލްކަން ހުރެ އެވެ. އެ އުޅަނދުތައް ދުވަނީ 48 މޭލު ބާރަށެވެ.