ލައިފްސްޓައިލް

"ޖޯން ވާވަޓޮސް" ރާއްޖެއަށް މުޅިންއާ ބްރޭންޑެއް

މި ބްރޭންޑްގެ ފިރިހެން ތިން ސެންޓެއް ރާއްޖެއަށް ތައާރަފްކޮށްފައި މިވަނީ މިހާރު ރާއްޖޭގައި ސެންޓުގެ ވިޔަފާރި އެންމެ ފުޅާކޮށް ކުރަމުން އަންނަ ލެޕާފިއުމް އިންނެވެ.

ލެޕާފިއުމް އިން ރާއްޖެ ގެނެސްފައިވަނީ ޖޯން ވާވަޓޮސްގެ ވިންޓޭޖް ބައި ޖޯން ވާވަޓޮސް އާއި ޖޯން ވާވަޓޮސް އޫދް ބައި ޖޯން ވާވަޓޯސް އަދި އާތިޒޯން ޖޯން ވާވަޓޮސް އެެވެ.

ލެޕާފިއުމްގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި މި ބްރޭނޑްގެ އިތުރު ސެންޓުތައް ވެސް ރާއްޖެ އަށް ކުރިއަށް އޮތް ތަނުގައި ތައާރަފް ކުރާނެ އެވެ.

"މިފަހަރު އަޅުގަނޑުމެން މިގެނައީ 125 އެމްއެލްގެ ފިރިހެން ތިން ސެންޓެއް. މި ބްރޭންޑްގެ އިތުރު ސެންޓް ތައް ވެސް ކުރިއަށް އޮތް ތަނުގައި ގެންނާނަން،" އޭނާ ވިދާޅުވި އެވެ.

ޖޯން ވާވަޓޯސް އޫދް ބައި ޖޯން ވާވަޓޮސްގެ ނޯޓްސް ތަކުގެ ތެރޭ ކަރަންފޫ، ސެފްރޮން، ޓާކިސް ރޯސް، އިޖިޕްޓަން ޖޭސްމިން، ސެޑަ، މާވަހަރާއި ފޮނިތޮށި އަދި ތޮޅި ހިމެނެ އެވެ. މީގެ އިތުރުން ވެސް ފިރިހެން ވޫޑީ ވަހެއް ގެނެސްދޭ ތަފާތު އެއްޗެހި ނޯޓްސް ތަކުގެ ތެރޭ ހިމެނެ އެވެ.

ޖޯން ވާވަޓޮސް ބްރޭންޑްގެ ސެންޓު ގަންނަން ބޭނުންފުޅުވާ ފަރާތްތަކުން ލެޕާފިއުމް ފިހާރަ ނުވަތް ހޮޓްލައިން ނަމްބަރު 7676067 އަށް ގުޅުމުން ޑެލިވަރީ ވެސް ކޮށްދޭނެ އެވެ.