އިލެކްޝަންސް ކޮމިޝަން

ވޯޓާސް ލިސްޓަށް ޝަކުވާ ހުށަހަޅަން ހުޅުވާލައިފި

Jan 15, 2017

ލޯކަލް ކައުންސިލް އިންތިހާބުގައި ވޯޓްލުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓު ގެޒެޓްކޮށް، ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އިލެކްޝަން ކޮމިޝަނުން ހުޅުވާލައިފި އެވެ.

އަންނަ އޭޕްރިލް މަހުގެ އަށް ވަނަ ދުވަހު ބާއްވާ އެ އިންތިހާބުގެ ވޯޓާޒް ރަޖިސްޓްރީ، އިލެކްޝަން ކޮމިޝަންގެ ވެބްސައިޓާއި، ގެޒެޓް އަދި ރަށު ކައުންސިލުތަކުން ވަނީ އާންމުކޮށްފަ އެވެ.

އީސީން މިއަދު ކުރި އިއުލާނެއްގައި ބުނީ، ލޯކަލް ކައުންސިލްތަކުގެ އިންތިހާބަށް ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ރަޖިސްޓަރީއަށް ޝަކުވާއެއް ހުށަހަޅަން ބޭނުންވާނަމަ އެ ފުރުސަތު މިމަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށެވެ. ޝަކުވާ ބަލައިގަންނާނީ ހުކުރު ނޫން ކޮންެ ދުވަހެއްގެ ހެނދުނު 9:00 އިން ހަވީރު 3:00 އަށެވެ. ހުކުރު ދުވަހު ހަވީރު 3:00 އިން 5:00 އާ ދެމެދު އެވެ.

ޝަކުވާ ބަލައިގަތުމަށް ހަމަޖެހިފައިވަނީ، މާލެ ފިޔަވައި މީހުން ދިރިއުޅޭ އެހެން ހުރިހާ ރަށަކުން އެރަށެއްގެ ކައުންސިލް އިދާރާއިންނާއި، އައްޑޫ ސިޓީ އަދި ފުވައްމުލަކު ސިޓީގެ އަވަށްތަކުގެ އޮފީސްތަކުންނެވެ. މާލޭގައި ނަމަ، ބާ ޖަމާލުއްދީން އިންނެވެ. ޝަކުވާ ފޯމު ކޮމިޝަންގެ ވެބްސައިޓުންނާއި ކައުންސިލް އިދާރާތަކުން ލިބެ އެވެ.