ރިޕޯޓް

އައިރާ އެކްސެޕްޝަނަލް ލިވިން: ހިތް ގައިމު ފްލެޓަކަށް މިވަރެއް ނެތް!

Jan 16, 2017
3
  • ފްލެޓަށް އޮތް ޑިމާންޑް މަތި
  • އަންނަ މަހު މަސައްކަތް ފަށާނެ

ހުޅުމާލޭގައި އަލަށް އަޅާ ފްލެޓްތައް ގިނަވެއްޖެ އެވެ. އެހެންވެ މަތީ ފަންތި އާއި މެދު ފަންތީގެ ފްލެޓު ބޭނުންވާ މީހުންނަށް "އޮޕްޝަންތައް" ވެސް އެހާގިނަ އެވެ. ނަމަވެސް މި ހުރިހާ ފްލެޓުތަކުންވެސް އެންސިސް އިން ވިއްކަމުން ގެންދާ "އައިރާ އެކްސެޕްޝަނަލް ލިވިން" ތަފާތެވެ. ސަބަބަކީ ކޮބައި ހެއްޔެވެ؟

"މި ފްލެޓުތައް ފަރުމާކޮށްފައިވާނީ ރާއްޖޭގެ މާހައުލާ ވަރަށް ގުޅޭ ގޮތަށް. ހާއްސަކޮށް ރާއްޖޭގެ ކަނޑުގެ މަންޒަރުތައް ސިފަވާނެ ގޮތް ފެންނާނެ،" އައިޔާ އެޕާޓްމަންޓްތައް ފަރުމާކޮށްފައިވާ ލިއޯ ސެވިއާ ވިދާޅުވި އެވެ.

ޒަމާނީ ފެންވަރަށް ފަރުމާކޮށްފައިވާ 94 އެޕާޓްމަންޓް ހިމެނޭ ރެސިޑެންޝަލް ކޮމްޕްލެކްސް "އައިރާ" ގައި އަޅަނީ ހުޅުމާލެ މޫނު މަތީގައި، ވޯޓާ ފޮރޮންޓަށް ވާ ގޮތަށެވެ. ހުޅުމާލެ ފެރީ ޓާމިނަލްތައް ހިނގައިފައި ފަސް މިނެޓުން ދެވޭ ރާސްތާގައި އަޅާ މި ފެންވަރު ރަނގަޅު އެޕާޓްމަންޓްތަކުގައި ތިން ކޮޓަރީގެ 45 އެޕާޓްމަންޓާއި ދެ ކޮޓަރީގެ 26 އެޕާޓްމަންޓުގެ އިތުރުން އެއް ކޮޓަރީގެ 13 އެޕާޓްމަންޓާއި 10 ޕެންޓްހައުސްއެއް ވެސް އެވެ. އަދި އޭގެ ތެރޭން، ތިން ކޮޓަރި އާއި ދެ ކޮޓަރީގެ އެޕާޓްމަންޓުތަކުގައި މެއިޑް ކޮޓަރީގެ ގޮތުގައި ބޭނުންކޮށްލެވޭނެ ކުޑަ ކޮޓަރިއެއް ވެސް ހުރެ އެވެ.

މިތަން ފަރުމާކޮށްފައިވަނީ ރާއްޖޭގެ ދެ އާކިޓެކްޓަކާއެކު ސިންގަޕޫރުގެ ޓެން އާކިޓެކްޓްސް ކުންފުނިންނެވެ. މި ކުންފުންޏަކީ އާސިއާން ގައުމުތަކުގައިވެސް މިފަދަ މަޝްރޫއުތައް ކުރިއަށް ގެންގޮސްފައިވާ ކުންފުންޏެކެވެ. މި ކޮމްޕްލެކްސް ފަރުމާކޮށްފައިވަނީ ކަނޑުން ފެންނަ ރާޅު ބާނި އަސްލަކަށް ބަލައިގެން، ރީތިވާނެ ގޮތަށެވެ.

"އައިރާ" ފަރުމާކުރުމުގައި ހަރަކާތްތެރިވި ސިންގަޕޫރުގެ ފަރުމާ ކުރުންތެރިޔާ ލިއޯ ވިދާޅުވީ މި ފްލެޓު ފަރުމާކޮށްފައިވާނީ ތިމާވެއްޓާ ރަހުމަތްތެރިވާނެ ގޮތަކަށް ކަމަށެވެ. މިގޮތުން ފްލެޓުގެ ތެރެއަށް އަލި ވަންނާނެހެން ބެހެއްޓުމަށް ވަރަށް ބޮޑަށް އިސްކަން ދީފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން "އައިރާ" ގައި ރާއްޖޭގެ އެޕާޓްމަންޓް ކޮމްޕްލެކްސްއެއްގައި މިހާތަނަށް ހަދާ އެންމެ ބޮޑު ސްވިމިން ޕޫލް ވެސް ހުންނާނެ އެވެ. މީގެ އިތުރުން ކުޑަކުދިންނަށް ހާއްސަ ސުވިމިން ޕޫލެއްވެސް އޮންނާނެ އެވެ. އަދި މި ސަރަހައްދުގައި ތަފާތު ވައްތަރުގެ ބުއިންތަކާއި ސޭންޑްވިޗް ގަންނަން ލިބޭ ތަނެއް ވެސް ހުންނާނެ އެވެ. މީގެ އިތުރުން ފިހާރައަކާއި ސެލޫންގެ ހިދުމަތާއި ޖިމް އަދި އިވެންޓްތައް ބޭއްވުމަށް ހާއްސަ ހޯލެއް ވެސް ހުންނާނެ އެވެ.

މި ފްލެޓު އިފުތިތާހުކޮށް ވިއްކަމުން ގެންދާއިރު، ފައިނޭންޝަލް އެކި މޮޑެލްތަކަށް ފެލްޓު ހޯދޭނެ އެވެ. ފްލެޓުގެ އަގު އެންސިސް ރިއާލިޓީން ފޯރުކޮށްދޭއިރު، ފްލެޓުތަކުގެ މަސައްކަތް އަންނަ މަހު ފަށާނެ އެވެ. އަދި މި ފްލެޓު ގަންނަން ބޭނުންވާ މީހުން 7976688,9566688 ނަމްބަރަށް ގުޅުން ނުވަތަ ހެލޯ އެޑް އައިރާ ޑޮޓް އެމްވީއަށް މެއިލް ކުރުމަށް އެ ކުންފުނިން އެދެ އެވެ.