ރިޕޯޓް

ވޭސް އެކްސްޕްރެސް ޑެލިވަރީ: ބާޒާރު ނުކޮށް ބޭނުން އެތި ގެއަށް!

Apr 16, 2017
4
  • ހިދުމަތް ދިނުމަށް އިތުރު ފީއެއް ނުނަގާ
  • ވިހި މިނެޓުން ގެއާ ހަމައަށް ގެންގޮސްދޭ
  • ހިދުމަތުގައި ތިބޭނީ މުޅިން ދިވެހިން

"ފަސޭހަ ގޮތް ފަސޭހަ" ވާނެއެވެ! ފަސޭހަ ގޮތް އޮއްވާ އުނދަގޫ ގޮތް ހިޔާރު ކުރުމުގެ ބޭނުމެއް ނެތެވެ. ފިހާރަ އަށް ގޮސް، ކިޔޫގައި އެތައް އިރަކު ހުރެ ވަގުތުތައް ނަގާލުން ދޫކޮށްލާށެވެ. އެކަމަށް ހައްލު އެބައޮތެވެ. "ވޭސް އެކްސްޕްރެސް ޑެލިވަރީ" ގެ ހިދުމަތް މެދުވެރިކޮށް ބާޒާރު ނުކޮށް ބޭނުންވާ އެތި ގެއަށް ގެނެވިދާނެ އެވެ. ކަންމަތީ ފިހާރަ އިން ގަންނަން ބޭނުންވާ ކޮންމެ އެއްޗެއް ވެސް މި ހިދުމަތް މެދުވެރިކޮށް މާލޭގެ ކޮންމެ ތަނަކަށް 20 މިނެޓުން ގެންގޮސް ދޭނެއެވެ. އަޅެ މިވަރުގެ ފަސޭހަ ކަމެއް ކޮބައި ހެއްޔެވެ؟

އާއްމުކޮށް ގޭގައި ބޭނުންކުރާ ހުރިހާ އެއްޗެއްހެން "ވޭސް އެކްސްޕްރެސް ޑެލިވަރީ" ހިދުމަތް މެދުވެރިކޮށް ގެއާ ހަމަ އަށް ގެނެސްދެ އެވެ. މި ހިދުމަތް ހޯދުމަށް ޖެހެނީ ހަމައެކަނި މި ހިދުމަތަށް ހާއްސަ ނަމްބަރު "9895252" އަށް ގުޅާލާށެވެ. މިއީ އަމިއްލައަށް ބާޒާރުނުކޮށް ބޭނުންވާ އެތި ގެއާ ހަމައަށް ގެންދެވޭ ހިދުމަތެކެވެ.

މި އަހަރުގެ ފެބްރުއަރީ މަހުން ފެށިގެން ދެމުން އަންނަ މުހިންމު މި ހިދުމަތް ދެނީ ދިވެހިންނެވެ. އާއިލީ ވިޔަފާރިއެއްގެ ގޮތުގައި ކުރަމުން ގެންދާ މި މަސައްކަތް ބަލައިގަންނަ އެތައް ސަތޭކަ ބަޔަކު މިހާރު ވެސް މާލޭގައި އުޅެ އެވެ. މި ހިދުމަތް ގިނަ އަަދަދެއްގެ ރައްޔިތުން ބަލައި ގަންނަ އެންމެ ބޮޑު އެއް ސަބަބަކީ ގުޅާލާފައި ބުނާއިރަށް، އަވަހަށް ހިނިތުންވުމާއެކު ހިދުމަތް ދޭތީ އެވެ.

ވޭސް އެކްސްޕްރެސް އިން ވާހަކަ ދެއްކި އޮފިޝަލަކު ވިދާޅުވި ގޮތުގައި އެ ހިދުމަތް ބޭނުންކުރާ މީހުންގެ އަދަދު އިތުރުވަމުންދާއިރު، ޑިމާންޑް އެންމެ މަތިވެގެން ދަނީ ހުކުރު ދުވަހު އެވެ.

"ވަރަށް ބޮޑު ޑިމާންޑެއް އޮވޭ ހުކުދު ދުވަހު. އެހެން ދުވަސްތަކުގައި ވެސް އެ ވަރަށް މީހުން ގަނޭ،" އޭނާ ވިދާޅުވި އެވެ.

ދެން އޮތް ސުވާލަކީ މި ހިދުމަތަށް އިތުރު ޗާޖެއް ނަގާނެބާ އެވެ؟ ފަންސާސް ރުފިޔާއިން މަތީގެ ކޮންމެ އެއްޗަކަށް ބޭނުން ވެގެން ގުޅިނަމަވެސް މި ހިދުމަތް މެދުވެރިކޮށް ގެއާ ހަމައަށް ގެންގޮސްދޭނެ އެވެ. އަދި ގެއަށް ގެންގޮސް ދިނުމުގެ ހިދުމަތަަށް އިތުރު ޗާޖެއް ވެސް ނުނަގާނެ އެވެ. މި ހިދުމަތް ދިނުމުގައި ދެ ދިވެހިނާއެކު ޖުމްލަ ހަތަރު މީހުން މަސައްކަތް ކުރެ އެވެ.

ބޭނުންވާ އައިޓަމް ހޯދުމަށް މިވަރުގެ ފަސޭހަ ގޮތެއް ނޯންނާނެ އެވެ. ކުރިއަށް އޮތީ ރޯދަ މަހެވެ. ރޯދަ މަހު ވަކިން ބޮޑަށް މި ހިދުމަތުގެ ބާރު ބޮޑުވާނެ އެވެ. އެކަމަށް "ވޭސް އެކްސްޕްރެސް ޑެލިވަރީ" ގެ އިން ވަނީ ފުރިހަމަ އަށް ތައްޔާރުވެފަ އެވެ.