ލައިފްސްޓައިލް

ހިތާ ކުޅެލާ ބާރުގަދަ ފޮޓޯއެއް!

Jan 16, 2017
7

މިއީ ތަފާތު ފޮޓޯއެކެވެ. ހިތާ ކުޅެލައި މީހާ ބަދަލުކޮށްލާފާނެ ތަފާތު މަންޒަރެކެވެ. ފަހަރެއްގައި މިއީ މިގޮތަށް ރިކޯޑް ކުރެވުނު ފުރަތަމަ ފޮޓޯއަށް ވެސް ވެދާނެ އެވެ. ހާއްސަ އޫސޫލުތަކެއް އޮންނަ ރަންވޭއެއްގެ މަތީގައި ނުވަތަ ކައިރީގައި ވެސް ގަދަކީރިތިވަންތަ މާތް ﷲ ކިބައަށް އަށް މީހަކު ނަމާދު ކުރަނިކޮށް މީގެ ކުރިން ފެނިފައެއް ނުވެ އެވެ. މި މަންޒަރުގެ ހާއްސަކަން ވަކިން އިތުރަށް ބޮޑުވެގެން ދަނީ ނަމާދުގައި ރޫކޫއަށް އެ އޮތް މީހާ އަކީ ވައިގެ ދަތުރެއް ނިންމާލާފައި ފްލައިޓުން ފޭބި ޕައިލެޓަކަށް ވެސް ވުމުންނެވެ.

އާންމުކޮށް މަތިންދާބޯޓަށް އަރައި ކަމަރު ބަނދެ، ދަތުރުވެރިޔާ ހިތްހަމަޖެހުމެއް ލިބިގަންނަނީ ދަތުރުމަތީގައި ލިބެން ހުންނަ ކެއުން ބުއިމަކަށްވުރެން ދުއާއިންނެވެ. ދިވެހި ބޯޓެއްގައި ނަމަ ވަކިން ހާއްސަކޮށް ޖަހައިދޭ ދަތުރު ދުއާއަކީ ވަރަށް ބޮޑު ހިތްހަމަ ޖެހުމެކެވެ. އެހެން ކަމުން މޯލްޑިވިއަންގެ ފްލައިޓެއްގައި ދަތުރުކުރާ ފަސިންޖަރަކަށް މި ފޮޓޯގަނޑު ވެސް ވެގެންދާނީ ވަރަށް ބޮޑު ހިތްހަމަޖެހުމަކަށެވެ.

ފޮޓޯއިން އެ ފެންނަނީ މޯލްޑިވިއަންގެ ފްލައިޓެއްގައި ބ. ދަރަވަންދޫ އަށް ދަތުރުކޮށް ދަތުރު ނިންމާލުމަށް ފަހު ނުވަތަ ދަތުރަށް ތައްޔާރުވުމުގެ ކުރިން، ބޯޓުގެ ކެޕްޓަން ނަމާދުގައި ރުކޫއަށް ގޮސް އޮންނަ މަންޒަރެވެ.