ލައިފްސްޓައިލް

ކޮންމެ ދުވަހަކު މޫނު ދޮންނަންޖެހެނީ ކީއްވެ؟

Jan 18, 2017

ކޮންމެ މީހެއްގެ މޫނުގެ ހަމަކީ ވެސް ތަފާތު ހަމެކެވެ. އެކި މީހުންގެ މޫނާއި ގުޅޭނީ އެކިވައްތަރުގެ އެއްޗިއްސެވެ. އެ ގޮތުން މޫނު ސާފުކޮށް ރީތިކޮށް ބެހެއްޓުމަށް ކޮންމެ ދުވަހަކު ވެސް ތިން ކަމެއް ކުރަންޖެހެ އެވެ.

އެއް ކަމަކީ މޫނު ދޮވުމެވެ. ނަމަވެސް މޫނު ދޮންނަން ބޭނުން ކުރާ ޕްރޮޑަކްޓަކީ މީހާގެ މޫނާއި ގުޅޭ އެއްޗެއްތޯ ބަލަންވާނެ އެވެ. ސަބަބަކީ ޑްރައި ސްކިން އަކާ އޮއިލީ ސްކިން އަށް އުފައްދާފައި ހުންނަ އެއްޗިއްސާއި ނުގުޅޭނެތީ އެވެ. އަދި ކޮމްބިނޭޝަން ސްކިން އަށް އުފައްދާފައި ހުންނަ ޕްރޮޑަކްޓްސްތައް ވެސް ތަފާތުވާނެތީ އެވެ. އެހެންކަމުން މޮޅު ބްރޭންޑެއްގެ ފޭސް ވޮޝް އެއް ގަތުމުގެ ބަދަލުގައި މޫނުގެ ހަމާއި ގުޅޭ ފޭސްވޮޝްއެއް އިޚުތިޔާރު ކުރާށެވެ.

ދެވަނަ ކަމަކަށް އަބަދުވެސް ޓޯނާ އެއް ބޭނުން ކުރާށެވެ. މިއީ މޫނުގައި ހުންނަ ލޯވަޅުތައް ސާފުކޮށް، މޫނުގެ ޕީއެޗް ބެލެންސް ހިފަހައްޓައިދީ މޫނު އުޖާލާ ކަމަށް ދައްކާނެ ކަމެކެވެ. ބާޒާރުން މިހާރު ތަފާތު ވައްތަރުގެ ޓޯނާތައް ލިބެން ހުރިއިރު، ގަންނަ ޓޯނާއަކީ މީހާގެ މޫނާއި ގުޅޭ އެއްޗެއްތޯ ބަލަންވާނެ އެވެ.

ތިން ވަނަ ކަމަަކަށް މޫނު ސާފުކޮށް ރީތިކޮށް ބެހެއްޓުމަށް، ކޮންމެ ދުވަހަކުވެސް މޮއިސްޗަރައިޒް ކުރަން އާދަކުރާށެވެ. ޓޯނާއިން މޫނު ސާފު ކުރުމަށްފަހު މޫނާއި ގުޅޭ މޮއިސްޗަރައިޒާއެއް ބޭނުން ކުރާށެވެ.

މިތިން ކަމަކީ މީހާގެ މޫނު ރީތިކޮށް ޒުވާންކަންމަތީ ހުރުމަށް ކޮންމެހެން ވެސް މުހިންމު ކަމެކެވެ.