ޓެކްނޯލޮޖީ

ސާދަ އަހަރަށް ފަހު ލިންކްޑިއަށް މުޅިންއާ ލުކެއް!

ދުނިޔޭގައި ސޯޝަލް މީޑިއާ އާއި ނުލާ އުޅުން މިވަނީ ދަތި ކަމަކަށް ވެގެންގޮސްފަ އެވެ. ކުޑަ ކުއްޖާއިން ފަށައިގެން އުމުރުން ދުވަސްވީ މީހުން ވެސް ވެގެން ގޮސްފައިމިވަނީ ކޮންމެވެސް ސޯޝަލް މީޑިޔާއެއްގައި އުޅޭ މީހަކަށެވެ. އެގޮތުން މިކަން މިހެން އޮތް އިރެއްގައި ސޯޝަލް މީޑިއާތަކުގެ އަދަދުވެސް ދަނީ ދުވަހަކަށް ވުރެ ދުވަހެއް އިތުރުވަމުންނެވެ. އަދި އެންމެ ކުރީއްސުރެ ހިދުމަތް ދެމުން އައި ސޯޝަލް މީޑިއާތަށް މިދަނީ ޒަމާނާއި އެއްގޮތަށް ބަދަލުވަމުންނެވެ. އެއްބަޔަކު ލޯގޯ އާއި އެހެނިހެން ނިޝާންތަކަށް ބަދަލު ގެންނައިރު އަނެއްބަޔަކު ކުންފުނީގެ ކުލަތަކަށް ބަދަލު ގެންނަނީ އެވެ. މި ނޫނަސް ޒަމާނާއި ގުޅޭ ހުރިހާ ބަދަލުތަކެއް ގެނެ އެވެ. އެހެނަސް ޒަމާނާއި އެއްގޮތަށް ބަދަލު ނުވި ސޯޝަލް މީޑިއާއެއް މިދިއަ ބުރާސްފަތި ދުވަހާއި ހަމައަށް އޮތެވެ.

ލިންކްޑްއިންއޭ ބުނުމުން އެއީ ކޮށްޗެއްކަން ނޭގޭނެ ފަރާތެއް މަދުވާނެ އެވެ. ހާއްސަކޮށް މަސައްކަތުގެ މާހައުލުގައި އުޅޭ އަދި ޕްރޮފެޝަނަލް ވަޒީފާއެއްއެއްގައި އުޅޭ ފަރާތަކަށް ލިންކްޑްއިން އެއީ އާނަމަކަށް ނުވާނެ އެވެ. ފަހަކާޖެހެންދެން ވެސް ބޮނޑި ވެފައިވާ ލޭޔައުޓަކަށް ފަރުމާ ކުރެވިގެން ހިދުމަތް ދިން މި ސޯޝަލް މީޑިއާއަށް މިވަނީ ބޮޑެތި ބަދަލުތަކެއް ގެނެސްފަ އެވެ. ކުރިން ނެތް ގިނަ ފީޗާތަކަކާއި އެކު ލިންކްޑްއިންގެ މަލަމަތި މިވަނީ އެއްކޮށް ބަލުވެފައެވެ. މި ބަދަލަކީ 2003 ވަނަ އަހަރަށްފަހު ލިންކްޑްއިންއިން ގެނައި އެންމެ ބޮޑު ބަދަލެވެ.

ލިންކްޑްއިންއިން ގިނަ އަހަރުތަކަށް ފަހު ގެނައި މި ލުކްގެ ސަބަބުން އެމީހުން ހީކުރި ގޮތާ މުޅިން ހިލާފަށް ގިނަ ބަޔެއްގެ ފާޑުކިއުންތަކާއި މިވަނީ ކުރިމަތިލާންޖެހިފަ އެވެ. ސަބަބަކީ މި ލުކް ވައްތަރުވީ ދުނިޔޭގެ އެއްވަނަ ސޯޝަލް މީޑިއާ ކަމުގައިވާ ފޭސްބުކްގެގެ ލުކާއި ކަމަށް ވާތީ އެވެ. ބަލާބެލުމުން ކިތަންމެ އެއްވަތަރު ކަމުގައި ވީނަމަވެސް ފޭސްބުކާ ތަފާތު ފީޗާތަކެއް ވަނީ މި އެޕްލިކޭޝަނުގައި ހިމެނިފައެވެ. އަމިއްލަ ކަންކަމަށްވުރެ މަސައްކަތުގެ މާހައުލުގައާއި ޕްރޮފެޝަނަލް ލައިފްއަށް ހާއްސަކޮށް ފީޗާތަށް ވަނީ ބައްޓަންކުރެވިފަ އެވެ.

ކުރީގެ ލުކްއާއި އެންމެ ތަފާތު ކަމަކަށް ފެނިގެންދަނީ މެސެޖިންއަށް އައި ބަދަލެއެވެ. ކުރީގެ ލިންކްޑްއިންއިން މެސެޖްތަކަށް ޖަވާބު ދިނުމަށާއި މެސެޖްތަށް ކުރުމަށް ވަކިން ޓެބްއަކަށް ދިޔަދިޔުން މިވަނީ މިހާރު ފޭސްބުކް ޑެކްސްޓޮޕް އެޑިޝަން އެކޭ އެއްފަދައިން ޕޮޕްއަޕް ތަކަކަށް ކޯޑް ކުރެވިފައެވެ. މިއީ ކޮންމެއަކަސް ގިނަ ބަޔަކު މިކަމަށް އިންތިޒާރު ކުރަމުންއައި ކަމެކެވެ. މި އާއިއެކު ފޭސްބުކްގް ނިއުސްފީޑް ބަލާލަމުން ޗެޓް ކޮށްލެވޭގޮތަށް ލިންކްޑްއިންވެސް މިވަނީ ބަދަލުވެފަ އެވެ.

ލިންކްޑްއިން އަކީ 470 މިލިއަނާއި ގާތްކުރާ އަދަދަކަށް ޔޫސާސް ބޭނުން ކުރަމުންދާ ސޯޝަލް މީޑިއާއެކެވެ. މައިކްރޮސޮޕްޓްއަކީ ލިންކްޑްއިންގެ ބަލަދުވެރި ކުންފުންޏެވެ.