ހަބަރު

އާއިލާއަށް ފިލައިގެން އުޅޭ އަންހެން ކުއްޖަކު ހޯދަން ފަށައިފި

Mar 17, 2015

އާއިލާއަށް ފިލައިގެން އުޅޭ ކުޑަ އަންހެން ކުއްޖަކު ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފި އެވެ.

ފުލުހުން ބުނީ ފިލައިގެން އުޅޭ ކަމަށް އާއިލާއިން ރިޕޯޓް ކުރުމުން ހޯދަމުން ދަނީ ސ. ހިތަދޫ ސްޕޮންޖްގޭ، ފާތުމަތު ރަޝޫފު 16، ކަމަށެވެ.

އޭނާ އާއިލާއަށް ފިލައިގެން އުޅެނީ މި މަހުގެ ތިން ވަނަ ދުވަހުން ފެށިގެނެވެ. އޭނާއާބެހޭ މައުލޫމެއް ލިބިފައިވާނަމަ ފުލުހުންނާ ހިއްސާ ކުރުމަށް ވެސް ފުލުހުން ވަނީ އެދިފައެވެ.