ރަސްމީ އައިޓީ އެކައުންޓްތައް ބޭނުންކޮށްގެން ބަރަހަނާ މަންޒަރުތައް ބެލި އިނގިރޭސި ވިލާތުގެ ތިން ފަނޑިޔާރަކު މަގާމުން ވަކި ކުރަން އެ ގައުމުގެ ޖުޑީޝަލް ކޮންޑަކްޓް އިންވެސްޓިގޭޝަން އޮފީހުން ނިންމައިފި އެވެ.
މި މައްސަލާގައި ހަތަރު ފަނޑިޔާރަކާ މެދު ތަހުގީގު ހިންގަން ފެށުމާ އެކު ފަނޑިޔާރަކު ވަނީ އިސްތިއުފާ ވެސް ދެއްވައިފަ އެވެ.
ބަރަހަނާ މަންޒަރު ހިމެނޭ މެޓީރިއަލް ނުވަތަ ޕޮނޮގްރަފީ އަކީ އިނގިރޭސި ވިލާތުގައި މަނާ އެއްޗަަކަށް ނުވިޔަސް ލޯޑް ޗާންސެލާ އަދި ލޯޑް ޗީފް ޖަސްޓިސް ނިންމަވާފައި ވަނީ މިއީ ފަނޑިޔާރެއްގެ ފަރާތުން ފެނިގެން ވާނެ ކަމެއް ނޫން ކަމަށެވެ. އަދި މިކަމުގައި މައާފު ނުކުރެވޭނެ ކަމަށް ވެސް ވަނީ ވިދާޅުވެފަ އެވެ.