ވިޔަފާރި

އުރީދޫ އެމްވީޕީއެން އިކޮނޮމިކް މިނިސްްޓްރީގެ މުވައްޒަފުންނަށް!

Jan 23, 2017

ހިލޭ މެސެޖު ކުރުމާއި ފޯނު ކޯލް ކުރުމުން ފަދަ ފަސޭހަތައް ލިބޭ ގޮތަށް އުރީދޫން ފަރުމާ ކޮށްފައިވާ މޯބައިލް ވާޗުއަލް ޕްރައިވެޓް ނެޓްވޯކް (ވާކް ގްރޫޕް) އިކޮނޮމިކް މިނިސްޓްރީގެ މުވައްޒަފުންނަށް ދީފި އެވެ.

އިކޮނޮމިކް މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެއްބަސްވުމުގައި އުރީދޫގެ ފަރާތުން ސޮއި ކުރެއްވީ ހެޑް އޮފް ސޭލް ހުސެއިން ނިޔާޒެވެ. އަދި އިކޮނޮމިކް މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ، ސްޓޭޓް މިނިސްޓަރު މުހައްމަދު އަނީސެވެ.

އުރީދޫ މޯލްޑިވްސްގެ ހެޑް އޮފް ސޭލްސް ހުސައިން ނިޔާޒް ވިދާޅުވީ އެމްވީޕީއެންގެ ސަބަބުން މަސައްކަތުގެ ސަބަބުން ރާއްޖޭގެ އެކި ހިސާބުތަކުގައި ތިބެގެން ކުރުމަށް ފަސޭހައެއް ލިބިގެންދާނެ ކަމަށެވެ.

"މި ހިދުމަތުގެ ސަބަބުން މިނިސްޓްރީގެ މުވައްޒަފުންނަށް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ތިބެގެން މަސައްކަތް ކުރެވޭ ކޮންމެ ތަނެއްގައި ހުރެގެން ވެސް އޮފީހަށް ގުޅާލައި، ހިލޭ ވާހަކަ ދައްކައިލަން ވޯކް ގްރޫޕުގެ ހިދުމަތް ބޭނުން ކުރެވޭނެ،" ނިޔާޒް ވިދާޅުވި އެވެ.

އުރީދޫ އެމްވީޕީއެން ހިދުމަތް ދަނީ ރާއްޖޭގެ ގިނަ ކުންފުނިތަކާއި ސަރުކާރު އޮފީސްތަކުގައި ދަނީ ދެމުންނެވެ.