ތައުލީމީ ދާއިރާ އަށް ގިނަ ހިދުމަތްތަކެއް ކުރެއްވި ހަސަން ނިޒާމް މިއަދު އަވަހާރަވެއްޖެ އެވެ.
ގިނަ ބަޔަކު އޭނާ ދަންނަނީ ޓީވީއެމްގެ ނިއުސް އެންކާއެއްގެ ގޮތުގައި ހޯދި މަޝްހޫރުކަމުންނެވެ. ޚަބަރު ކިޔުމާއި ވެރައިޓީ ޝޯތައް ހުށަހަޅައި ދެއްވުމުގައި ވެސް ފާހަގަކޮށްލެވެ އެވެ.
ނިޒާމް އަވަހާރަވެފައި ވަނީ ސްޓްރޯކެއް ޖެހިގެން އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ.
ޓީވީއެމްގެ މޫނެއްގެ ގޮތުގައި އާންމުންގެ ތެރެއަށް މަޝްހޫރުވެގެން ދިޔަ ނަމަވެސް ނިޒާމްގެ އެންމެ ފާހަގަކޮށްލެވޭ މަސައްކަތުގެ ދާއިރާ އަކީ ތައުލީމީ ދާއިރާ އެވެ. އެގޮތުން ޓީޗަރެއްގެ ގޮތުން އަގުހުރި ހިދުމަތްތަކެއް ކުރައްވާފައިވާއިރު ލިޔުންތެރިކަމާއި ތައުލީމީ ދާއިރާ އަށް ހާއްސަ ފޮތްތައް އެކުލަވައިލުމުގެ މުހިންމު މަސައްކަތްތައް ވެސް މަތީ ފެންވަރުގައި ކުރައްވާފައިވެ އެވެ.
ނިޒާމް އަކީ ކުރީގެ މަޝްހޫރު ލަވަކިޔުންތެރިޔާ ސޮފާ ތައުފީގުގެ ފިރިކަލުންނެވެ.