ވިޔަފާރި

ކެއާ ސޮސައިޓީގެ އެއް އަހަރުގެ ކުލި އެސްޓީއޯއިން ދެނީ

Jan 25, 2017

ކެއާ ސޮސައިޓީގެ ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ހިދުމަތްދޭ ސެންޓަރުގެ އެއް އަހަރު ދުވަހުގެ ކުލި، އެސްޓީއޯއިން ސްޕޮންސާ ކޮށްފި އެވެ.

އެސްޓީއޯއިން ބުނީ އެކަމަށް އެއްބަސްވުމެއްގައި އިއްޔެ ސޮއިކޮށްފައިވާ ކަމަށާއި އެ އެއްބަސްވުމަކީ ކުންފުނީގެ ސީއެސްއާރުގެ ހަރަކާތްތަކުގެ ތެރެއިން ކެއާ ސޮސައިޓީއަށް އެހީވެ ދިނުމަށްވި އެއްބަސްވުމެއް ކަމަށެވެ.

މީގެ ކުރިން 2014 އާއި 2015 ވަނަ އަހަރުވެސް އެސްޓީއޯއިން ވަނީ ކެއާ ސޮސައިޓީއަށް އެހީވެފަ އެވެ. އަދި މިހާރު ކ. ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މަރުކަޒަށް ވެސް އެ ކުންފުނިން ދަނީ އެހީވަމުންނެވެ.