ކުޅިވަރު

ސްޕެނިޝް ކަޕުން ރެއާލް ކަޓައިފި

Jan 26, 2017

ސެލްޓަވީގޯއާ ދެކޮޅަށް ކުޅުނު ކްއާޓާ ފައިނަލުގެ ދެ ވަނަ ލެގް މެޗު 2-2 ން އެއްވަރު، 4-3 ގެ އެގްރިގޭޓް ނަތިޖާއިން ބަލިވެ ރެއާލް މެޑްރިޑް ސްޕެނިޝް ކަޕުން ރެއާލް ކަޓައިފި އެވެ.

އެގްރިގޭޓް ނަތިޖާއިން ވިގޯ އަށް ކުރި ލިބެނީ، މިދެ ޓީމު ކުލުނު ފުރަތަމަ ލެގް މެޗް، 2-1 އެ ޓީމު މޮޅުވެފައި ވުމުން ނެވެ.

އަނިޔާގެ ސަބަބުން ރެއާލްގެ މުހިންމު ގިނަ ކުޅުންތެރިން ނުލާ ކުޅުނު މެޗްގައި ފުރަތަމަ ލީޑް ނެގީ ވިގޯ އިން ނެވެ. އެޓީމުގެ ލަނޑަކީ ފުރަތަމަ ހާފުގެ 44 ވަނަ މިނެޓްގައި، ޖޯން ގައިޑެޓީ ރެއާލްގެ ގޯލަށް އުފައްދަން އުޅުނު ހަމަލާއެއް ކީޕަރު ކިކޯ ކަސިއްޔާ ދިފާއު ކުރުމުން ރެއާލްގެ ޑިފެންޑަރު ޑަނިލޯ ފައި ގައި ޖެހިފައި ބައިކޮޅަށް ވަން ލަނޑެ ކެވެ.

މިއީ ދެ ހަފުތާ ތެރޭ ޑަނިލޯ އަތުން ބައިކޮޅަށް ވަން ދެ ވަނަ ލަނޑެވެ.

ރެއާލް އަށް ނަތިޖާ ހަމަހަމަ ކޮށްދިނީ، މެޗްގެ 62 ވަނަ މިނެޓްގައި ލިބުނު ހިލޭ ޖެހުމަކުން ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ. ވިގޯގެ ޕެނަލްޓީ އޭރިއާ ބޭރުން 25 ޔާޑް ދުރުން ލިބުނު ހިލޭ ޖެހުން، ރޮނާލްޑޯ ފޮނުވަލީ، ބޯޅަ އަށް ހުރަސް އަޅަން، ފާރެއް ހެން އެތުރިގެން ތިބި ވީގޯގެ ކުޅުންތެރިންގެ ގައިން ނައްޓާ ލުމަށްފަހު، ކީޕަރު ސާޖިއޯ އެލްވާރޭޒްގެ ދުރު ފަޅި އަށެވެ.

ލަނޑަށްފަހު، ރެއަލްުން ވަނީ ވިގޯ ގެ ގޯލަށް ހަމަލާތައް އިތުރު ކޮށްފަ އެވެ. މެޗްގެ 66 ވަނަ މިނެޓްގައި އެޓީމުން ރޮނާލްޑޯ ނެގި ހިލޭ ޖެހުމަކުން ތަނަވަސްވި ބޯޅައިން، ސާޖިއޯ ރާމޯސް ބޮލުން ޖެހި ނަަމަވެސް، އެ ބޯޅަ އަމާޒުވީ ގޯލްގެ މަތީ ދަނޑި އަށެވެ.

ވިގޯ އަށް އަލުން ލީޑް ނަގައި ދިނީ 85 ވަނަ މިނެޓްގައި ޑެނިއަލް ވެސް އަށް އެއްފަހަރުން ލިބުނު ބޯޅަ ގޯލް ތެރެއަށް ފޮނުވާ ލައިގެން ނެވެ. އެބޯޅަ ދިފައު ކުރަން ރެއާލްގެ ކީޕަރު ކަސިއްޔާ ޑައިވް ކުރި ނަމަވެސް، ބޮޅަ ގޯލަށް ވަނީ އޭނަގެ އަތުގައި ނުޖެހި އެވެ.

މެޗްގެ 90 ވަނަ މިނެޓްގައި ލޫކަސް ވަޒްކޭޒް ވަނީ ރެއާލް އަށް ނަތީޖާ ހަމަހަމަ ކޮށް ދިފަ އެވެ.

ނަމަވެސް މެޗް އެއްވަރު ވެގެން ނިމުން ރެއާލް އަށް ޖެހުނީ މުބާރާތުން އަލްވަދާއު ކިޔާ ށެވެ. މިއީ ސްޕެނިޝް ކަޕްގައި، ޖެހިޖެހިގެން ރެއަލް ނާކާމިޔަބުވި ތިން ވަނަ ފަހަރެވެ. އެޓީމުން އެންމެ ފަހުން، ސްޕެނިޝް ކަޕް ކާމިޔާބު ކުރީ 2014 ވަނަ އަހަރު އެވެ.