ކުޅިވަރު

ގިނަ މުއްދަތަކަށް، ސިޓީގެ ގާޑިއޯލާ މަޑު ކުރާނެ ކަމުގެ އިޝާރާތެއް

Jan 26, 2017

މެންޗެސްޓާ ސިޓީގައި ސްޕެއިންގެ ޕެޕް ގަޑީއޯލާ ގިނަ ދުވަސް ތަކެއް ވަންދެން ހުންނާނެ ކަމުގެ އިޝާރެއްތެއް ދީފި އެވެ.

ސިޓީ އާއެކު ގާޑިއޯލާ ކޮންޓްރެކްޓް ހަދާފައި ވަނީ، ތިން އަހަރު ދުވަހަ ށެވެ. މި މަހު ގާޑިއޯލާ ބުނެފައިވަނީ، މތިން އަހަރު ނިމުމަށް ފަހު، އޭނާގެ ކޯޗިން ކެރިއާ ހުއްޓާލާނެ ކަމަށެވެ.

ނަމަވެސް އިނގިރޭސި ބައެއް މީޑިއާ ރިޕޯޓްތައް ބުނެފައިވަނީ، އިތުރު ދެ އަހަރަށް، ސިޓީ ގައި މަޑު ކުރަން ނިންމައި ފަސް އަހަރު ދުވަހު އެ ޓީމުގައި މަޑު ކުރާނެ ކަމަށް އޭނާގެ ބައެއް ރަށްޓެހިން ގާތު ގާޑިއޯލާ ބުނެފައިވާ ކަމަށެވެ.

ބާސެލޯނާ އާއި ބަޔާން މިޔުނިކްގައި ކާމިޔާބުތައް ހޯދި ކޯޗަށް، މި ސީޒަންގައި އެދެވޭ ޕާފޯމަންސެއް ނުދެއްކެ އެވެ. ސިޓީ އޮތީ ތާވަލުގެ ފަސް ވަނައިގައި، ޗެމްޕިއަންސް ލީގުން ވެސް ފުރުސަތު ނުލިބޭ ހިސާބު ގައެވެ.

ސަންޑޭ ޓައިމްސްގައި ބުނެފައި ވަނީ، ސިޓީގައި ކާމިޔާބު ހޯދޭ ވަރުގެ ޓީމެއް ބިނާ ކުރަން، ސިޓީ ގައި މަޑު ކުރާނެ ކަމަށް އޭނާގެ ރަށްޓެހިން ގާތު ބުނެފައިވާ ކަމަށެވެ.

ސީތީ އިތުރަށް ވަރުގަދަ ކުރުމަށް، ޖޫން މަހު އޮންނަ ހޫނު މޫސުމުގެ ޓްރާންސްފާ ޕީރިއަޑްގައި، އެ ޓީމުގެ ސްކޮޑް އޯވަހޯލް ކޮށް، އިތުރުން ކުޅުންތެރިން ގެނައުމަށް ގަޑިއޯލާ ދަނީ އެ ޓީމުގެ މެނޭޖްމެންޓާ ވާހަކަ ދައްކަމުންނެވެ. އޭނާ ވަނީ މިދިޔަ ހޫނު މުސުމުގެ ޓްރާންސްފާ ގައިވެސް އެ ޓީމަށް ނުވަ ކުޅުންތެރިން ގެނެސްފަ އެވެ.

މިދިޔަ އަހަރު ގާޑިއޯލާއާއެކު މަސައްކަތް ކުރި، ބަޔާން މިޔުނިކްގެ ޕޮލެންޑް ފޯވަޑް ރޮބަޓް ލެވަންޑޮސްކީ އިއްޔަ ބުނެފައި ވަނީ، ފުރަތަމަ ސީޒަންގައި ގާޑިއޯލާ އަށް ނާކާމިޔަބު ވިޔަސް، ސިޓީއާއެކު އޭނާ ކާމިޔާބު ހޯދާނެ ކަމަށެވެ.