ޕީޕީއެމް

ޕީޕީއެމް ޕްރައިމަރީގެ ވޯޓުލުން މާދަމާ މެންދުރު ފަހު

Jan 26, 2017

ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަ ކުރުމަށް ޕީޕީއެމްގެ ޓިކެޓް ލިބޭ ފަރާތްތައް ކަނޑައަޅަން ބާއްވަންޖެހޭ އެ ޕާޓީގެ ޕްރައިމަރީގެ ވޯޓުލުން މާދަމާ ކުރިއަށްގެންދަން ނިންމައިފި އެވެ.

ޕީޕީއެމްގެ ޕްރައިމަރީގައި ވޯޓުލުން ފަށާނީ މާދަމާ މެންދުރު 2:00 ޖަހާއިރު އެވެ. ވޯޓުލުން އިރު އޮއްސި 6:00 އާ ހަމައަށް ކުރިއަށްދާނެ އެވެ.

ޕީޕީއެމުން ބުނީ، މާދަމާގެ ވޯޓަށް މާލޭގެ ފަސް ސަރަހައްދެއްގައި ވޯޓުފޮށި ބަހައްޓާފައިވާ ކަމަށެވެ. އަދި އަތޮޅުތަކަށް ހާއްސަ 12 ފޮއްޓާއި ވަކި ރަށްރަށުގައި 17 ވޯޓުފޮށި ބަހައްޓާފައިވާ ކަމަށެވެ. މީގެ އިތުރުން މާލޭގައި ތިބި ރަށްރަށުގެ މީހުން ވޯޓުލުމަށް ވެސް ދަރުބާރު ގޭގައި ކޮންމެ ރަށަކަށް ވަކި ވޯޓު ފޮއްޓެއް ބަހައްޓާފައިވެ އެވެ.

ވޯޓުލާ ދާއިރާތަކުގެ ވޯޓުގެ ކަންކަން އެ ދާއިރާތަކަށް ކަނޑައަޅާފައިވާ ފޯކަލް ޕޮއިންޓް ތަކުން ބަލަހައްޓާނެ އެވެ.

ޑިސެމްބަރު 15 ކުރިން ޕީޕީއެމްގެ ދަފުތަރުގައި ރަޖިސްޓްރީ ވެފައިވާ މެންބަރުންނަށް މާދަމާގެ ވޯޓުގައި ބައިވެރިވެ ވޯޓު ލެވޭނެ އެވެ.