ޕީޕީއެމް

މާވަށުގެ ހުރިހާ ގޮނޑިއެއް ޕީޕީއެމަށް

ނަތީޖާ ކަނޑައެޅުމުގައި ހިޔާލު ތަފާތުވި މާވަށު ކައުންސިލްގެ ރައީސްގެ ގޮނޑި އާއި މެންބަރު ކަމުގެ ގޮނޑިވެސް އިދިކޮޅު ޕީޕީއެމްގެ ކެންޑިޑޭޓުން ކާމިޔާބު ކޮށްފި އެވެ.

އެ ދެ ގޮނޑި ކާމިޔާބު ކުރުމުން މުޅި މާވަށުގެ ކޮންޓްރޯލް ލިބިފައިވަނީ ޕީޕީއެެމަށެވެ.

އިތުރު ބުރެއް ބާއްވަަން ޖެހުނީ މާވަށު ކައުންސިލްގެ ރައީސް ކަމަށް ވާދަކުރި ޕީޕީއެމްގެ ކެންޑިޑޭޓާއި އެމްޑީޕީގެ ކެންޑިޑޭޓަށް ލިބުނު ވޯޓް އެއްވަރު ވުމުންނެވެ. އަދި ކައުންސިލްގެ މެންބަރު ކަމަށް ކުރިމަތިވި ކެންޑިޑޭޓުންގެ ތެރެއިން ތިން ވަނަ ހޯދި ކެންޑިޑޭޓްގެ ފަހަތުން ދެ ކެންޑިޑޭޓުން އެއްވަރުވުމުންނެވެ.

މީގެ އިތުރުން ލ. މާވަށުގައި ބެހެއްޓުނު ވޯޓް ފޮއްޓަކަށް ދާއިރާ ނޫން މީހަކު ވޯޓް ލާފައިވުމަކީ އެ ރަށުގައި އަލުން ވޯޓް ނަަގަން ޖެހުނު އެއް ސަބަބެވެ.

ދެވަނަ ބުރުގައި ކައުންސިލްގެ ރައީސް ކަމަށް ވާދަކުރި ޕީޕީއެމްގެ ކެންޑިޑޭޓް އަހުމަދު މޫސާއަށް 557 ވޯޓް ލިބިފައިވެއެވެ. އެއީ ކުރީ ބުރުގެ މާލޭ ފޮށީތައް ވޯޓް ހިމަނައިގެންނެވެ. އަހުމަދު މޫސާއަކީ މިހާރުވެސް އެ ކައުންސިލްގެ ރައީސެވެ. އެމްޑީޕީގެ އާދަމް އަބްދުއްރަހްމާން އަށް ލިބިފައިވަނީ 531 ވޯޓެވެ.

ކައުންސިލްގެ ގޮނޑިއަށް ހޮވިފައިވަނީ އިބްރާހިމް އަބޫބަކުރެެވެ.

މީގެ އިތުރުން މާވަށު އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ ފަސް ގޮނޑިވެސް ކާމިޔާބު ކޮށްފައިވަނީ ޕީޕީއެމްގެ ކެންޑިޑޭޓުންނެވެ.