އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ސަޕޯޓަރުން އިހުތިޖާޖަށް ނިކުމެއްޖެ އެވެ.
އިދިކޮޅުގެ ސަޕޯޓަރުން މަގުތަކަށް ނިިކުމެ އިހުތިޖާޖު ފަށާފައި މިވަނީ ކައުންސިލް އިންތިހާބުގެ ބައެއް ދާއިރާތަކުގެ ވަގުތީ ނަތީޖާ އިއުލާނު ކުރުން ފަސްވެ، ބައެއް ވޯޓްފޮށިތައް އަލުން ގުނަން ނިންމާ ސެކިއުރިޓީ އުރަ ކަނޑަން ނިންމުމުންނެވެ. މިރޭ ތިން ވޯޓް ފޮއްޓެއްގެ ސެކިއުރިޓީ އުރަ ކެނޑުމަށް ނިންމާ މިހާރު ދެ އުރައެއް ވަނީ ކަނޑާފައެވެ.
އިހުތިޖާޖު ކުރަމުންދާ މީހުން ގެންދަނީ ހޮނިހިރު ދުވަހު އޮތް އިންތިހާބުގެ ނަތީޖާއަށް ނުފޫޒު ފޯރުވުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް ތުހުމަތުކޮށް އަޑުއުފުލަމުންނެވެ. ފުލުހުން ވަނީ އިހުތިޖާޖު ކުރަމުންދާ މީހުން ހުއްޓުވަން މަސައްކަތް ކޮށްފައެވެ. އަދި ބައެއް މީހުން ވަނީ ހައްޔަރުވެސް ކޮށްފައެވެ.
އިދިކޯލު ކޯލިޝަނުން ބުނީ މިރޭ ފެށި އިހުތިޖާޖު ކުރިއަށް ގެންދާނެ ކަމަށެވެ. އަދި ވޯޓް އޮޅުވާލުމުގެ ފުރުސަތު ނުދޭނެ ކަމަށެވެ.