ހަބަރު

ރައީސްގެ ދެކަނބަލުން ސައުދީއަށް ވަޑައިގެންފި

Mar 18, 2015
1

ސައުދީގެ އާ ރަސްގެފާނު، ސަލްމާން ބިން އަބްދުލްއަޒީޒާ ބައްދަލު ކުރެއްވުމަށް ރައީސްގެ ދެ ކަނބަލުން މިއަދު ސައުދީ އަރަބިއްޔާއަށް ފުރާވަޑައިގެންފި އެވެ.

ރައީސް އޮފީހުން ބުނީ ސަލްމާން ރަސްގެފާނުގެ ދައުވަތަށް ރައީސްގެ ދެކަނބަލުން މިއަދު ފުރާވަޑައިގެންނެވީ، ސައުދީ ސަރުކާރުން ފޮނުއްވި ހާއްސަ ޕްލޭނެއްގައި މިއަދުގެ ހެނދުނުގެ ވަގުތެއްގަ އެވެ. އެ ދަތުރުފުޅުގައި ރާއްޖެ އާއި ސައުދީ އާ ދެމެދު ގުޅުން ބަދަހި ކުރުމަށް ދެ ގައުމުގެ ވެރިން މަޝްވަރާ ކުރުމަށް ހަމަޖެހިފައިވެ އެވެ.

ރަސްގެފާނު ސަލްމާން ތަހުތައް އިސްވުމުގެ ކުރިން ރާއްޖެއަށް ވަނީ ދަތުރުފުޅެއް ކުރައްވައިފަ އެވެ. ކްރައުން ޕްރިންސެއްގެ ގޮތުގައި ހުންނެވި ދުވަސްވަރު އޭނާ ރާއްޖެ ވަޑައިގެން އެއް ހަފްތާގެ ޗުއްޓީއެއް ރާއްޖޭގައި ހޭދަ ކުރެއްވި އެވެ. އަދި ރާއްޖޭގެ ސިއްހީ ދާއިރާ އާއި ދީނީ ކަންކަމަށް ސަލްމާން ބޮޑު އެހީތެރިކަމެއް ދެއްވި އެވެ.