ލޯކަލް ކައުންސިލްތަކުގެ އިންތިހާބު

ޕީޕީއެމްގެ ޕްރައިމަރީ ބާއްވައިފި

Jan 27, 2017

ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަ ކުރުމަށް ޕީޕީއެމްގެ ޓިކެޓް ލިބޭ ފަރާތްތައް ކަނޑައަޅަން ބާއްވަންޖެހޭ އެ ޕާޓީގެ ޕްރައިމަރީގެ ވޯޓުލުން މިއަދު ބާއްވައިފި އެވެ.

ޕީޕީއެމްގެ ޕްރައިމަރީގައި ވޯޓުލުން ފަށާނީ މެންދުރު 2:00 ޖަހާއިރު އެވެ. ވޯޓުލުން އިރު އޮއްސި 6:00 އާ ހަމައަށް ކުރިއަށްދިޔަ އެވެ.

ދަރުބާރުގޭގައި މިއަދު ވޯޓުލުން ކުރިއަށްދިޔައިރު ޖުމްލަ 17 ވޯޓު ފޮއްޓެއް ބަހައްޓާފައިވެ އެވެ. އެއީ އިންތިހާބު ބާއްވަންޖެހޭ ކޮންމެ ރަށަކަށް ވޯޓު ފޮއްޓެކެވެ.

ޕީޕީއެމްއިން ބުނީ، މިރޭގެ ވަގުތެއްގައި ނަތީޖާ އިއުލާން ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

ޕީޕީއެމް ވާދަ ކުުރާ 273 ދާއިރާގެ ތެރެއިން ޕްރައިމަރީ ބައްވަން ނުޖެހެނީ 212 ދާއިރާގަ އެވެ. ކައުންސިލު އިންތިހާބުގައި ޕީޕީއެމްގެ ކޯލިޝަންގެ ހިމެނޭ އެމްޑީއޭ އާއި ޑީއާރްޕީއަށް 50 ވުރެ ގިނަ ގޮނޑި ދިނުމަށް ހަމަޖެހިފައިވެ އެވެ.