ހަބަރު

ދޮންދަރިއަށް ޖިންސީ ގޯނާކުރަމުން ދަނިކޮށް ދޮންބައްޕަ ހައްޔަރުކޮށްފި

Mar 18, 2015

އުމުރުން 13 އަހަރުގެ އަންހެން ކުއްޖަކަށް އެ ކުއްޖާގެ ދޮންބައްޕަ ޖިންސީ ގޯނާކުރަމުން ދަނިކޮށް ފުލުހުން ރޭ އެ މީހާ ހައްޔަރުކޮށްފި އެވެ.

މި އަމަލު ހިންގަމުން ދަނިކޮށް، ކުށުގެ ވެށިން ހައްޔަރުކޮށްފައި ވަނީ އުމުރުން 48 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ބުންޏެވެ. މި މީހާ އަކީ މީގެ ކުރިން ވެސް ދޮންދަރިއަށް ތަކުރާރުކޮށް ޖިންސީ ގޯނާކުރަމުން ދިޔަ މީހެއް ކަމަށް ވެސް ފުލުހުން ބުންޏެވެ.

ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި މި މީހާ ހައްޔަރުކޮށް މިހާރު ވަނީ ތަހުގީގު ފަށައިފަ އެވެ.