ކުޅިވަރު

ޗެމްޕިއަންކަން ހޯދަންޏާ ބާސާއިން ޖެހެނީ ރެއާލް ބަލި ކުރަން

Jan 28, 2017

ސްޕެނިޝް ކަޕްގެ ޗެމްޕިއަންކަން ހޯދާނަމަ، ބާސެލޯނާ ނޫނީ ރެއާލް މެޑްރިޑް، ބަލި ކުރަން ޖެހޭނެ ކަމަށާއި އެއީ އެކަން ހިނގަނެ ގޮތް ކަމަށް އެތުލެޓިކޯ މެޑްރިޑްގެ ކޯޗް ޑިއޭގޯ ސިމިއޯނޭބުނެފި އެވެ.

ސްޕެނިޝް ކަޕްގެ ސެމީ ފައިނަލުގައި އެތެލެޓިކޯއާ ވާދަ ކުރަން ޖެހެނީ ބާސެލޯނާއާ ދެކޮޅަށެވެ. ރެއާލް ބަލި ކުރުމަށްފަހު، ސެމީ އަށް ދިޔަ ސެލްޓަވީގޯ ބައްދަލު ކުރަން ޖެހޭނީ، ޑިޕޯޓިވޯ އަލްވޭސްއާ ދެކޮޅަށެވެ.

ސްޕެނިޝް ލީގް ގައި މިއަދު އަލްވޭސްއާ ދެކޮޅަށް ނިކުތުމުގެ ކުރިން، ސްޕެނިޝް ކަޕްގެ ސެމީގައި ބާސެލޯނާއާ ވާދަ ކުރަން ޖެހުމުން، އެކަމާ ބެހޭގޮތުން ސިމިއޯނޭ ބުނީ، ބާސާއާ ވާދަ ކުރަން ޖެހުމަކީ މައްސަލަ އެއް ނޫން ކަމަށެވެ.

"އެއީ މި ރޫޓް އޮންނާނެ ގޮތް، ބޮޑެތި ޓީމު ތަކާ ވާދަ ކުރަން ޖެހޭނެ، އެއީ ތަށި ހޯދުމުގެ މަގުމަތީގައި އެ ޓީމުތައް ބައްދަލު ކުރަން ޖެހޭނެ ބައެއް،" 2014 ވަނަ އަހަރު ސްޕެނިޝް ލީގް އެތުލެޓިކޯ އަށް ހޯދައިދިން ކޯޗް ބުންޏެވެ.

އަލްވޭސްއާ ވާދަ ކުރަން ޖެހޭއިރު، ތާވަލުގެ ހަތަރަު ވަނައިގައި އޮތް ޓީމުގެ ކޯޗް ބުނީ އަލްވޭސް އަކީ އެޓީމާ ދެކޮޅާށް ކުޅެން އުނދަގޫ ޓީމެއް ކަމަށާއި ސްޕެނިޝް ކަޕްގެ ސެމީ ފައިނަލަށް އެޓީމު އައީ އެޓީމުގެ ކޯޗް މައުރީޝިއޯ ޕެލްގްރީނޯގެ ރޭވުންތެރިކަން މޮޅު ކަމުން ކަމަށެވެ.

"ކޯޗެއްގެ ވެލިއު އެބަ ޖެހޭ އަންޑަސްޓޭޑްވާން (ޕެލްގްރީނޯ) އޭނާ ފުރަތަމަ ވެސް އެޓީމާ ހަވާލުވެ ބެލީ އެންމެ އެކަށީގެންވާ ކުޅުންތެރިން ގެނެވޭތޯ، އޭނާ އެކަން ކާޟިޔާބު ކަމާއެކު ފުރިހަމަ ކުރި މިހާރު އެޓީމަކީ ޓެކްޓިކަލީ އުނދަގޫ ޓީމެއް." ސިމިއޯނޭ ބުންޏެވެ.