މަގުބޫލްކަން ހޯދަން ބައެއް ފަރާތްތަކުން ފުލުހުންނާބެހޭ ގޮތުން ދޮގު ވާހަކަ ދައްކާ ބަދުނާމު އަޅުވަމުންދާ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް ހުސައިން ވަހީދު ވިދާޅުވެއްޖެ އެވެ.
ދިޓީވީއަށް ދެއްވި އިންޓަވިއުއެއްގައި ކޮމިޝަނާ ވިދާޅުވީ ފުލުހުންގެ މުޅި މުއައްސަސާ ބަދުނާމު ކުރުމަކީ ކުރެވިގެންވާނެ ކަމެއް ނޫންކަމަށާއި ނަމަވެސް ތަފާތު ގޮތްގޮތުން މަޤުބޫލުކަން ހޯދަން ބައެއް ފަރާތްތަކުން ވާހަކަތަކާ ފުލުހުންނާމެދު ބަދުނާމުތައް އަޅުވާ ކަމަށާއި އެއީ ޤައުމަށާއި ފުލުހުންގެ މުއައްސަސާއަށް ހެޔޮ އެދިގެން ކުރާ ކަންކަން ކަމަށް ދެކެވަޑައި ނުގަންނަވާ ކަމަށެވެ.
ފުލުހުންނާ ގުޅުވައި ތަފާތު ވާހަކަތައް ދެކެވެމުންދާ މި ދަނޑިވަޅުގައި ކޮމިޝަނާ ވިދާޅުވީ އެއީ ވަރަށް ޒިންމާދާރުކަން ކުޑަ އަދި ވިޔާނުދާ ކަމެއް ކަމަށާއި ފުލުހުންގެ ތެރެއިން ވަކި މީހެއްގެ މައްސަލައެއް އޮތްނަމަ އެމީހެއްގެ މައްސަލަ ބައްލަވާނެ ކަމަށެވެ.