ކުޅިވަރު

ޒިދާން ބުނަނީ ބެންޒެމާއަށް ފޭވާ ނުކުރާ ކަމަށް!

Jan 29, 2017

ރެއާލް މެޑްރިޑްގެ ފްރާންސް ފޯވަޑް ކަރީމް ބެންޒެމާއަށް ފޭވާ ނުކުރާ ކަމަށް ރެއާލްގެ ކޯޗް ފްރާންސްގެ ޒައިނުއްދީން ޒިދާން ބުނެފި އެވެ.

މިދިޔަ ދެ ހަފުތާގައި، ބެންޒެމާއަށް ލަނޑު ނުޖެހޭ މައްސަލާގައި، ރެއާލް ސަޕޯޓަރުންގެ ފަރާތުން، ބެންޒެމާއަށް ވަނީ ފާޑު ކިޔުންތައް އަމާޒު ވެފަ އެވެ. އަދި ފޯމް ދަށް އިރުވެސް، ބެންޒެމާއަށް ފުރުސަތު ދޭތީ ޒިދާން އޭނާއާމެދު ހާއްސަ ގޮތެއް ގެންގުޅޭ ކަމަށްވެސް ތުހުމަތުތައް ކުރެވިފައި ވެއެވެ.

"އުނދަގޫތަކެއް އުޅެންޏާ އަހަރެންގެ ހުރިހާ ކުޅުންތެރިންނަށް ވެސް އަހަރެން ސަޕޯޓް ދޭނަން، ބެންޒެމާއަށް ވެސް އެ ސަޕޯޓް ދޭނަން، ވަކި ބެންޒެމާއާމެދު އަހަރެން އެއްވެސް ހާއްސަ ކަމެއް ނުގެންގުޅެން،" ޒިދާން ބުންޏެވެ.

ޒިދާންއާ މެދު ކިޔާ ފާޑު ކިޔުންތަކާ މެދު، ދިފާއު ވުމުގެ ބަދަލުގައި ޒިދާން ވަނީ އެކަން ބަލައިގަންނަ ކަމަށް ބުނެފަ އެވެ.

"ފާޑު ކިޔުން ބަލައި ގަތުމަކީ އަހަރެން ކުރަން ޖެހެނޭ ކަމެއް، އެކަމެއް އެއީ އަހަންނަށް ގަބުޅު ކުރެވޭ ކަމަކަށް ވިޔަސް، އަދި އަހަންނަށް ގަބޫލު ކުރެވޭ ކަމަކަށް ނުވިޔަސް، ފާޑު ކިޔުން ބަލައިގަންނަން ޖެހޭނެ، ކޮންމެ މީހަކަށް ވެސް އަޑު އުފުލުގެ ހައްގު ލިބިގެންވޭ،"

ޒިދާނަށް އެންމެ ބޮޑަށް ފާޑު ކިޔުން އަމާޒުވި ކަމަކީ، ވޭތުވެދިޔަ، ތިން މެޗުގައި ރެއާލްގެ ފުރަތަމަ 11 އިން ޒުވާން ޑިފެންޑަރު ޑަނިލޯ އަށް ފުރުސަތު ދިނުމުވެ. ތިން މެޗުގެ ތެރެއިން ދެ މެޗުގައި ޑަނިލޯ އަތުން ވަނީ ބައިކޮޅަށް ލަނޑު ވަދެފަ އެވެ. އެއާއެކު ރެއާލުން ޑަނިލޯ ދޫކޮށްލަށް އުޅޭ ވާހަކަތައް ވަނީ ގަދަ ވެފައެވެ.

ނަމަވެސް ޒިދާން ބުނީ، ޑަނިލޯ އެއްވެސް ތާކަށް ނުދާނެ ކަމަށާއި އޭނާ އަބަދުވެސް ބޭނުން ވަނީ ޓީމަށް އެހީ ތެރިވާން ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި ރެއާލްގެ ސަޕޯޓަރުންގެ ފަރާތުން ޑަނިލޯއަށް ތައުރީފް ކުރާނެ ކަމަށް ޒިދާން ބުންޏެވެ.

ސްޕެނިޝް ކަޕުން ރެއާލް ކެޓުމުން، މިރޭ ސްޕެނިޝް ލީގްގައި ރެއާލް ސޮސިއެދާދުއާ ދެކޮޅަށް ކުޅޭ މެޗުގައި، އެކަމުގެ އަސަރު، ޓީމަށް ކުރާނެތޯ ސުވާލު ކުރުމުން ބުނީ އެކަމުގެ އަސަރެއް ޓީމަށް ނުކުރާނެ ކަމަށާއި ނަމަވެސް ރެއާލް ސޮސިއެދާދުއާ ދެކޮޅަށް ކުޅެން އަބަދުވެސް އުނދަގޫ ވާނެ ކަމަށެވެ.