ހަބަރު

ތޮލާލްގެ މައްސަލަ އިތުރަށް ނުބަލަން ކޮމެޓީން ނިންމައިފި

Mar 18, 2015
1

ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރްސީއެމް) ގެ ނައިބު ރައީސް އަހުމަދު ތޮލާލް ފުލުހުންނަށް، "ބާޣީ" އަށް ގޮވި މައްސަލައިގައި އެކަށީގެންވާ ހެކި ލިބިފައި ނުވާތީ، އެ މައްސަލަ އިތުރަށް ކުރިއަށް ނުގެންދަން މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީން ނިންމައިފި އެވެ.

މިއަދު ބޭއްވި ކޮމިޓީގެ ބައްދަލުވުމަށް ފުލުހުންގެ ތެރެއިން ކަމާ ބެހޭ ފަރާތްތައް ހާޒިރު ކުރުމުން ބުނެފައި ވަނީ ހައްޔަރު ކޮށްފައި އިންނެވި ރައީސް ނަޝީދާ ބައްދަލު ކުރުމަށް ފަހު މާލެ އައި މަގުމަތީގައި ތޮލާލު ފުލުހުނާ ދިމާލަށް ބާޣީ އޭ ބުނި ކަމަށް އަޑުއިވިފައި ވަނީ ލޯންޗްގައި ހުރި އެންމެ ފުލުހަކަށް ކަމަށެވެ.

ނަމަވެސް އެ ވަގުތު ލޯންޗްގައި ތިން ފުލުހުން ތިބި ކަމަށް ވެސް އެބޭފުޅުން ވިދާޅުވި އެވެ. އެންމެ ފުލުހަކު ހެކިބަސް ދީފައިވާތީ، އެ މައްސަލަ އިތުރަށް ކުރިއަށް ނުގެންގޮސް ފައިލްކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ކޮމިޓީ ބައްދަލުވުން ވެސް ނިންމާލީ، ފުލުހުންގެ ތަހުގީގަށް އެކަން ސާބިތު ނުވާތީ ކޮމިޓީން ވެސް އެ މައްސަލަ އިތުރަށް ކުރިއަށް ނުގެންދެވޭނެ ކަމަށެވެ.