ރާއްޖެއަށް ދިވެހިންނަށް ބޭނުން ޖެހިފައިވާ ކަންކަމަށް ހައްލު ގެނައުމަށް ރައީސް އަބްދުﷲ ޔާމީނާ ވާދަ ކުރެއްވޭނެ ލީޑަރަކު އަދި ނެތް ކަމަށާއި ކުރިޔަށް އޮތް ފަސް އަހަރު ތެރޭގައި ވެސް އެފަދަ ލީޑަރަކު ފެންނާނެ ކަމަށް ނުބެލެވޭ ކަމަށް ސިޔާސީ ޑައިލޯގް އުފެއްދަން ޖެހޭ ތަންތަނުގައި މި ސަރުކާރުން އިސް ރޯލެއް ހަވާލުކޮށްފައި އޮންނަ ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ވިދާޅުވެއްޖެ އެވެ.
ޝައިނީ ވިދާޅުވީ ރައީސް އަބްދުﷲ ޔާމީނާއެކު "ދުވެލެވޭ ވަރުގެ" އެއްވެސް ސިޔާސީ ލީޑަރެއް ރާއްޖޭގެ އެއްވެސް ސިޔާސީ ކޭމްޕަކުން ފެންނާން އަދި ނެތް ކަމަށާއި ރައީސް ޔާމީން އެ ކުރަވާ ބުރަ މަސައްކަތް ކުރައްވާނެ އަދި ކުރެއްވޭނެ ބޭފުޅަކު ވެސް އަދި ނުފެންނަ ކަމަށެވެ.
"ރައީސް ޔާމީން މަސައްކަތް ކުރައްވަނީ ސިޔާސީ ގޮތުން ކުރިޔަށް ވަޑައިގަތުމަށްވުރެ ބޮޑަށް ގައުމައިގެން ކުރިޔަށް ވަޑައިގަތުމަށް. ތަރައްގީގައި ބޮޑު ބަދަލެއް ގެނައުމަށް ކުރައްވާ ކަންކަމާއެކު ކުރިޔަށް ވަޑައިގަތުމަށް އެއީ ވަރަށް ސާފުކޮށް ފެންނަން އޮތް އަދި ރާއްޖޭގައި މިވަގުތު ހިނގަހިނގާ އޮތް ހަގީގަތެއް،" ޝައިނީ ވިދާޅުވި އެވެ. "ފުރަތަމަ [ރައީސް ކަމުގެ] ހުވާ ކުރެއްވި ދުވަހަކު ވެސް ވިދާޅުވީ އެއްވެސް އިދިކޮޅު ލީޑަރަކާ ޗެލެންޖެއް ނުކުރައްވަމޭ، ވާދަ ކުރައްވަނީ ގައުމުގައި ހުރި މައްސަލަތަކާއޭ، އޭރު އޮތީ އިގްތިސޯދާއި ހުރިހާ އިންފްރާސްޗާއެއް ހަލާކުވެފައި."
ޝައިނީ ވިދާޅުވީ ވެރިކަމުގައި ރައީސް ޔާމީން ހޭދަ ކުރެއްވި ތިން އަހަރުގެ ތަރައްގީ އާއި 30 އަހަރުގެ ތެރޭގެ ތޮބީއީ ގޮތުން އައި ތަރައްގީއަކީ އާޅަކިރާލަން މިހާރު ދިވެހިންނަށް ލިބިފައިވާ މިންގަނޑެއް ކަމަށާއި އެއިން ދައްކައި ދެނީ ރައީސް ޔާމީން ވާދަ ކުރައްވަނީ ތަރައްގީ ގެނައުމަށާއި މައްސަލަ ހައްލު ކުރެއްވުމަށް ކަމަށެވެ.
"އެމަނިކުފާނު އެވަނީީ 30 އަހަރުގެ ތެރޭގައި ތޮބީއީ ގޮތުން އައި ކަންކަންމަށްވުރެ އެތައް ގުނައެއް އެއް މަތިން މަސައްކަތް ކުރައްވާފައި ތިން އަހަރުން މިއަދު އަޅާ ކިރާލަން އެބަޮއިތް ތިން އަހަރު އެތިން އަހަރުން ރާއްޖޭގައި މިހާތަނަށް ނުވެހުރި ބޮޑެތި އެތައް ކަމަކަށް ހަލު ގެނެސްދެއްވައިފި އަދި ހާލާކު ކޮށްލާފައިވާ އެތައްކަމެއް ބަދަލުކޮށް ބޮޑެތި ތަރައްގީ ގެނެސް ދެއްވައިފި،"