ލައިފްސްޓައިލް

މާ ގިނައިން ފެން ވެރުމަކީ ވެސް ގޯހެއް!

Jan 31, 2017

މިއީ ހާއްސަކޮށް ތުއްތު ކުދިން ގެންގުޅޭ މައިންބަފައިން ކުރާ ކަމެކެވެ. އަބަދުވެސް ބަލާނީ ކިރިޔާ ހަޑިވާއިރަށް ވެސް ދަރިފުޅު ފެންވަރުވާފައި ބަހައްޓާށެވެ. ނުވަތަ ބައެއް މީހުންނަކީ ހެނދުނު އަރާއިރާއެއްކޮށް ތެދުވެ ފެންވަރައިގެން ތިބޭ މީހުންނެވެ. ނުވަތަ މަދުވެގެން ދުވާލު ތިން އިރު ނުވަތަ ދެއިރު ފެންވަރައިގެން ހިރަފުސް ކޮޅެއްގަ ނުޖެހި ވޭތޯ ބަލާ މީހުންނެވެ.

ނަމަވެސް މިފަދަ މީހުން ބަލިވާލެއް އަވަސްކަން އެނގޭ ހެއްޔެވެ. ހިރަފުސްތާކަށް ނުވަތަ ތިމާ އުޅޭ މާހައުލު ނޫން އެހެން ތަނަކަށް ދިޔަސް ބައެއް މީހުން ވަރަށް ފަސޭހައިން ބަލިވާނެ އެވެ. މިހެން ވަނީ ކީއްވެކަން އެނގޭ ހެއްޔެވެ.

ޔުނިވަސިޓީ އޮފް އުޓާގެ ޖެނެޓިކް ސައިންސް ސެންޓަރުން ކޮށްފައިވާ ދިރާސާގައި ބުނެފައިވަނީ މާގިނައިން ފެންވަރާނަމަ ނުވަތަ "އޯވަ ކްލީން" ވުމުން އިންސާނާގެ ހަށިގަނޑުގައި ހުންނަ މައިކްރޯބައޮމް ހަލާކުކޮށްލާ ކަމަށެވެ. އަދި މިފަދަ މީހުންގެ ދިފާއީ ނިޒާމާއި ހިތާއި އަދި ހަޖަމުގެ ނިޒާމަށް އޯވަ ކްލީން ވުމުގެ ސަބަބުން އަސަރު ކުރުވަ އެވެ.

ނަމަވެސް މީގެ މާނައަކީ ގައިން ބަބުރުވަސް ދުވަންދެން ފެންނުވަރާ ހުންނާށެކޭ ނޫނެވެ. ފެންވަރާ ސާފުތާހިރުވި ނަމަވެސް މާބޮޑަށް ސާފުތާހިރު ވުމަކީ ތިމާ ހަށިގަނޑު ބަލިކަށިކޮށްލާ ކަމެކެވެ. އެހެންވީމަ ފެންވެރުމުގައި ވެސް ހައްދުފަހަނަޅައަޅައި ނުދާށެވެ.