ކުޅިވަރު

ކުޅޭނެ ކުލަބެއް ނެތަސް، ގައުމީ ޓީމުގައި އެއްވަނަ!

Feb 1, 2017
1

ގެބޯންގައި މިހާރު ކުރިއަށްދާ އެފްރިން ކަޕް އޮފް ނޭޝަނަށްއަށް، ކެމެރޫން ދިޔައީ އަށް އަހަރަށް ފަހު ފުރަތަމަ ފަހަރަށް ފައިނަލަށް ދިއުމުގެ އުންމީދު ގައެވެ. ފައިނަލުގެ ދޮރު ހުޅުވާން، ދެން އެ ޓީމަށް އޮތީ މާދަމާ ރޭ ގާނާ އާ ދެކޮޮޅަށް ކުޅޭ ސެމީ ފައިނަލު މެޗެވެ. ސެމީ ފައިނަލާ ހަމަޔަށް އެޓީމު ގެންގޮސް ދިނުމުގައި މުހިންމު ދައުރެއް އަދާ ކުރި ކުޅުންތެރިޔަކީ އުމުން 21 އަހަރުގެ ގޯލްކީޕަރު، ފެބްރީސް އޮންޑްއޯ އެވެ.

އޭނާގެ ވާހަކަ އަށް މީހުންގެ ޝައުގުވެރިކަން އަޅައިގަތީ، ސީނިއާ ލެވަލުގައި މިހާތަނަށް އެއްވެސް ކުލަބަކަށް ކުޅެފައި ނެތް ނަމަވެސް، މުޅި މުބާރާތުގައި އޭނާގެ ވިދުން ގަދަވުމުން ނެވެ.

ކެމެރޫންގައި، ކުލަބުތަކަށް ކުޅެމުންދާ ކީޕަރުން ނެތީކީ ނޫނެވެ. ސްޕެއިންގައި ދިރިއުޅެމުންދާ އޮންޑްއާގެ އެހީ އަށް އެދި، އޭނާގެ ގޭގެ ދޮރުގައި ކެމެރޫންގެ އެފްއޭއިން ޓަކި ދިނީ، ޓީމާއެކު އަންނާނެ އެހެން ކީޕަރަކު ނުވުމުން ނެވެ. ސީނިއާ ކެރިއާ ކުލަބަކަށް ނުކުޅޭ ކީޕަރަކު ގެނެވުމަކުން، މުބާރާތުގައި ކެމެރޫން އަކަށް ގެއްލުމެއް ނެތެވެ. އޭނާގެ އަގު ކެމެރޫންގެ އެފްއޭ އާއި އެގައުމުގެ ސަޕޯޓަރުންގެ މެދުގައި އުފުލިއްޖެ އެވެ. މިހާރު އޭނާ އަކީ، ކެމެރޫން އަށް އެންމެ އަގުބޮޑު ކީޕަރެވެ. އޭނާ އާ މެދު، އެގައުމުގެ ސަޕޯޓަރުންގެ ހިތް ޝުކުރުން ފުރިއްޖެ އެވެ. ގައުމީ ޖޯޝްގައި، ގައުމީ ޓީމަށް ދިން އިޖާބައާއެކު، އޮންޑްއޯގެ މަގުބޫލުކަން ވެސް އިތުރު ވެއްޖެ އެވެ.

ގުރޫޕް ސްޓޭޖުގެ އެންމެ ފަހު މެޗްގައި ގެބޯންއާ ދެކޮޅަށް ކުޅުނު މެޗުން، ކެމެރޫންއަށް ޕޮއިންޓެއް ހޯދައިދީ، ކްއާޓާ ފައިނަލަށް ކެމެރޫން ޓީމު ގެންގޮސް ދިނީ، އޮންޑްއޯގެ މޮޅު ސޭވް ތަކުން ނެވެ. ގެބޯންއާ ދެކޮޅަށް ކުޅުނު ގްރޫޕް ސްޓޭޖު އެންމެ ފަހު މެޗްގައި، އެންމެ ފަހު މިނެޓް ގައި ގެބޯން އިން އުފެއްދި ހަމަލާ އެއް އޮންޑްއޯ ވަނީ ދިފާއު ކޮށްފަ އެވެ. އެ ބޯޅަ ގޯލަށް ވަން ނަމަ، ކެމެރޫން މުބާރާތުން ކަޓާނެ އެވެ.

ކްއާޓާ ފައިނަލުގައި ޕެނަލްޓީ ޖަހައިގެން ސެނެގޯލްގެ ލިވަޕޫލްގެ ތަރި ސެޑިއޯ މާނޭ، އާއި ސެނަގޯލް ޓީމު ރަށަށް ފޮނުވާލީ، މާނޭ ޖެހި ޕެނަލްޓީ، އޮންޑްއޯ ދިފާއު ކުރުމުން ނެވެ.

"ސެޑިއޯ މާނޭ އަކީ މޮޅު ކުޅުންތެރިޔެއް، ކޮންމެ މެޗެއްގައިވެސް ނަތީޖާ ނެރުމުގެ ގާބިލު ކަން ހުރި ކުޅުންތެރިޔެއް، އޭނާ ޕެނަލްޓީ ޖެހި ވަގުތު އަހަރެން ބެލީ ބޯޅަ އަށް، ބޯޅަ ދިޔަ ދިމާލަށް ބެލީމަ، އަހަންނަށް އެ ބޯޅައިގައި އަތް ލެވުނީ، އެކަމަކު އަހަންނަކީ ހީރޯ،" ނޫން އެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި، އޮންޑްއާ ބުންޏެވެ.

ނަމަވެސް އޭނާ، ހީރޯ އަކަށް ވެއްޖެ އެވެ. އަދި މުބާރާތުގެ ފައިނަލު ބުރުގައި އޭނާ ދައްކަމުންދާ މޮޅު ކުޅުމުން، މުބާރާތުގެ ޖަޖިން ޕެނަލްގެ ހިމެނޭ ފަރާތްތަކުގެ ސިކުނޑީގައި އެންމެ މޮޅު ކުޅުންތެރިންގެ އޮންޑްއާ ނަން ހިމެނޭ ކަން ޔަގީނެވެ.

ސްޕެއިންގެ ބާސެލޯނާ އެކެޑެމީއިން ތަމްރިންތައް ފުރިހަމަ ކުރިޔަސް، މާގިނަ މެޗްތަކެއް ކުޅުމުގެ ފުރސަތެއް، ބާސެލޯނާގެ ޒުވާން ޓީމާ އެކު އޭނާ އަށް ނުލިބުނެވެ.