ކުޅިވަރު

ރިވާލްޑޯގެ ފްރީކިކްގެ ޖެހުމުގެ ހުނަރު ބާސާގެ ޒުވާން ޓީމަށް

Feb 1, 2017

ބްރެޒިލްގެ ކުރީގެ ތަރި ރިވާލްޑޯ ވިޓޯގެ ފްރީ ކިކް ޖެހުމުގެ ހުނަރު ބާސާގެ ޒުވާން ޓީމުގެ ކުޅުންތެރިން އޭނާ ކިޔައިދީފި އެވެ.

ނަވާރަސަތޭކަ ނުވަދިހަ ނުވަ ވަނަ އަހަރު، ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ހޯދި، ރިވާލްޑޯ ވަނީ، ބާސާގެ ޒުވާން ޓީމުގެ ޕްރެކްޓިހުގައި ވަގުތު ހޭދަ ކޮށް، އެންމެ މުހިންމު ސްޕޮޓްތަކުން، ފްރީކިކް ކާމިޔާބު ކުރާނެ ގޮތް ކިޔައިދީފަ އެވެ.

ބާސާ އަށް ކުރިން ކުޅުނު ރިވާލްޑޯ ވަނީ، އެ ޓީމަށް 100 ލަނޑު ޖަހައިދީފަ އެވެ. އޭނާ އަކީ ހިލޭޖެހުން ތަކުގައި ބޯޅައިގެ މިސްރާބު އޮޅާލާފައި، ގޯލުގެ ކަނަށް ޖެހުމުގެ ސްޕެޝަލިސްޓެކެވެ.

ބާސާ ޒުވާން ޓީމުގެ އެޓޭކިން ކުޅުންތެރިންނަށް، ޕެނަލްޓީ އޭރިއާ ބޭރުން އެކި ހިސާބުތަކުން އޭނާ ވަނީ ފްރީކިކް ޖަހާނެ ގޮތް ކިޔައިދީފަ އެވެ. އަދި އޭނާ ވަނީ އެކި ހިސާބުތަކުން، ހަތަރު ފްރީކިކް ޖަހައި، އޭނާގެ ކުރީގެ ހުނަރު، ކުޅުންތެރިންނަށް ދައްކާލާފަ އެވެ. އަދި އެއް ކުޅުންތެރިޔަކު އޭނާ ބޭނުންވި ގޮތަށް ފްރީ ކިކް ކާމިޔާބު ކުރުމުން، ރިވާލްޑޯ ވަނި އެކަން ފާހަގަ ކޮށް މަރުހަބާ ކިޔާފަ އެވެ.