ދެހާސް ބާރަ ވަނަ އަހަރު ފެބުރުއަރީ އަށް ވަނަ ދުވަހު ރާއްޖޭގެ ހަމަނުޖެހުންތައް ހިނގި އިރު ބައެއް ރަށްރަށުގައި ތިބި ފުލުހުންނަށް ލިބުނު ގެއްލުންތަކުގެ ބަދަލު ދޭން ނިންމައި ސަރުކާރުން އިއުލާން ކޮށްފި އެވެ.
ފުލުހުން ބުނީ މިއަދު އޮތް މެނޭޖްމަންޓް ބޯޑުގައި އެކަން ކޮމިޝަނާ ހުސައިން ވަހީދު އިއުލާން ކުރައްވާފައިވާ ކަމަށެވެ.
ފެބްރުއަރީ 8 ވަނަ ދުވަހު ބަޔަކު މީހުން ބައެއް ރަށްރަށުގައި ވަކި ވަކި ފުލުހުންނަށާއި ފުލުހުންގެ ތަކެއްޗަށާއި ތަންތަނަށް ބޮޑެތި ގެއްލުންތަކެއް ލިބުނު އިރު ލިބުނު ގެއްލުންތަކުގެ ބަދަލު މިހާތަނަށް ދީފައެއް ނުވެއެވެ.
ކޮމިޝަނާ ވިދާޅުވީ މިހާރު ހަމަޖައްސާ ވަނީ ގެއްލުން ލިބުނު ފުލުހުންނަށް ލިބުނު ގެއްލުންތަކުގެ ބަދަލު ވަރަށް އަވަހަށް ހަމަޖައްސަވައި ދޭނެ ކަމަށާއި އެ ދުވަހު މާލެ އާއި އަތޮޅުތަކުގައި ހިނގި ހަމަނުޖެހުންތަކުގެ ތެރެއިން ބައެއް ރަށްރަށުގައި ވަކިވަކި ފުލުހުންނަށް ބޮޑެތި ގެއްލުން ލިބުނު ކަމަށެވެ.
ފެބުރުއަރީ 8 ގައި ފުލުހުންގެ ސައިކަލުތަކުގައި ހުޅުޖަހައި އަންދާލައި ފުލުހުން ބޭނުންކުރަމުންދިޔަ ފޯނާއި ލެޕްޓޮޕްފަދަ ތަކެއްޗަށް ގެއްލުންދީ އަންދާލި އެވެ. އެ ދުވަހު ބައެއް ފުލުހުންގެ ޔުނީފޯމް ނުވަތަ އެވަގުތަކު ލައިގެންހުރި ހެދުން ފިޔަވައި އެހެން ހުރިހާ އެއްޗެއް ވެސް ގެއްލުނެވެ.