ކުޅިވަރު

ވެލެންސިއާގެ ޕްރެކްޓިހަށް ނުކުތުމަށްފަހު އަންމަޑޭ ޔޫވީއަށް

Feb 1, 2017
2

ކުލަބު ވެލެންސިއާގެ ޕްރެކްޓިހަށް ނުކުތުމަށްފަހު، އަހުމަދު މުހައްމަދު (އަންމަޑޭ) ޔުނައިޓާޑް ވިކްޓަރީއާ ގުޅިއްޖެ އެވެ.

އަންމަޑޭ ވަނީ އޭއެފްސީ ކަޕަށް ހުށަހެޅި ވެލެންސިއާގެ ކޮންޓްރެކްޓްގައި ސޮއި ކޮށްފަ އެވެ.

މިދިޔަ ސީޒަންގައި ވިކްޓްރީ އާއި ޓީސީ އަށް ކުޅުނު އަންމަޑޭ ބުނީ، ވެލެންސިއާ ދޫކޮށްލީ، އެ ކުލަބުން ހަމަޖައްސައި ދޭން ބުނި ކަންކަން ހަމަޖައްސައި ނުދިނުމުން ނެވެ.

"ދެތިން ދުވަހު ވެލެންސިއާ އާއެކު ޕްރެކްޓިހަށް ވެސް ނިކުތިން، ނަމަވެސް ހަމަޖައްސަން ބުނި ކަންކަން ހަމަ ނުޖެހުމުން، ބަދަލުވީ، އަދި ޔޫވީގެ ހުށަހެޅުންވެސް ރަނގަޅުވީމަ ބަދަލުވީ،"

ކުރިން ނިއުރޭޑިއަންޓްގެ ކެޕްޓަންކަން ވެސް ކުރި އަންމަޑޭ، މިދިޔަ އަހަރު ވިކްޓްރީ ދޫކޮށްލަން ޖެހުނީ ވެސް، އޭރު އެޓީމުގެ ކޯޗް މުހައްމަދު ނަޒީހް އާ ކުރިމަތިވި މައްސަލައަކަ ގުޅިގެންނެވެ. އޭގެ ފަހުން ޓީސީ އަށް ބަދަލުވި ނަމަވެސް އޭނާ އަދާ ކުރީ މަދު މެޗުތަކެއްގައި ބަދަލު ކުޅުންތެރިޔެއްގެ ރޯލެވެ.