ލައިފްސްޓައިލް

ހޭންޑް ސެނިޓައިޒާ: ހީކުރާހާ ރައްކާތެރިއެއް ނޫން

Feb 2, 2017

މިއީ އާންމުކޮށް އަބަދުވެސް ބޭނުންކުރާ އެއްޗެކެވެ. ޖަރާސީމޫ ނައްތާލަން އެންމެ ރަނގަޅު އުފެއްދުމެއް ކަމަށް އަބަދުވެސް ގަބޫލުކުރެވުނީ އެޔެވެ. މައުލޫމާތު ލިބިފައި ހުރި ގޮތުގައިވެސް ބެކްޓީރިއާ އަދި ޖަރާސީމް ނައްތާލަން އެންމެ ރަނގަޅީ ހޭންޑް ސެނިޓައިޒާ އެވެ.

އެކަމަކު ހޭންޑް ސެނިޓައިޒާ ބޭނުންކޮށްގެން އަތް ދޮންނަ އިރު ހަނދާން ކޮށްލަން ޖެހޭ ކަމެއް އެބައޮތެވެ. އެއީ އެއިން ލިބޭ ފައިދާ އަށް ވުރެ ގެއްލުން ބޮޑު ކަމެވެ. ހޭންޑް ސެނިޓައިޒާއިން މަދު ސިކުންތުކޮޅެއްގެ ތެރޭގައި ޖަރާސީމާއި ބެކްޓީރިއާ ނައްތާލާއިރު ހަށިގަނޑަށް ބޭނުންވާ ބެކްޓީރިއާތައްވެސް ނައްތާލަ އެވެ.

ދެން އުފެދޭ ސުވާލަކީ ހަށިގަނޑަށް ބެކްޓީރިއާ ބޭނުންވޭ ހެއްޔެވެ؟ މީގެ ޖަވާބަކީ އާ އެކެވެ. ހަށިގަނޑަށް ބޭނުންވާ ބެކްޓީރިއާވެސް ހަށިގަނޑުގައި އުފެދެ އެވެ. އެ ބެކްޓީރިއާ އަކީ ހަށިގަނޑުގެ ދިފާއީ ނިޒާމް ވަރުގަދަކޮށްދޭ އެއްޗެހިތަކެކެވެ. އަބަދު ސެނިޓައިޒާ ބޭނުންކޮށްގެން އަތް ދޮންނަނަމަ ހަށިގަނޑަށް ބޭނުންވާ ބެކްޓީރިއާތައްވެސް ނައްތާލެވި މީހާގެ ދިފާއީ ނިޒާމް ބަލިކަށިވެ އެވެ. އަވަސް އަވަހަށް ބަލިވުމުގެ ފުރުސަތު ބޮޑުވެ އެވެ.

ސެނިޓައިޒާގެ ސަބަބުން ހަމައެކަނި ބެކްޓީރިއާތައް މަދުވެ ހަށިގަނޑުގެ ދިފާއީ ނިޒާމް ބަލިކަށިވުމުގެ އިތުރުން ހަށިގަނޑުގައި ބައިސޯފީނަލް އޭ އުފެދޭ މިންވަރު އިތުރުކޮށްލަ އެވެ. ބައިސޯ ފީނަލް އޭ އަކީ ހޯމޯންސް އުފައްދައިދޭ ނިޒާމް ބަލިކަށިކޮށްދޭ ކެމިކަލް އެކެވެ. މިހެންވުމުގެ ސަބަބުން ހޯމޯން އުފެދުން މަދުވެ ހަށީގަނޑުގައި ހުންނަ ޓިޝޫތަކާއި ގުނަވަންތަކުގެ މަސައްކަތްތަކަށް ހުރަސްތައް ކުރިމަތިކުރުވަ އެވެ.

އެހެން ކަމުން ހޭންޑް ސެނިޓައިޒާ ބޭނުންނުކޮށް ފަސޭހަ ކަމާއެކީ ހަށިގަނޑަށް ބޭނުންނުވާ ޖަރާސީމުތައް ނައްތާލާ އުފެއްދުމެއް ބޭނުންކުރުން މުހިންމެވެ.