ކަނޑުމަތީގެ ހާދިސާ

އިނގުރައިދޫއަށް ހިލަ ގެންދިޔަ ބާޖު ފަރަށް އަރައިފި

Feb 2, 2017
1

ހިލަ ބަރުކޮށްގެން ރ. އިނގުރާދޫ އަށް ދިޔަ ބާޖެއް ހިލަ ހުސްކުރި ފަހުން ފަރަށް އަރައިފި އެވެ.

އިނގުރާދޫ ކައުންސިލްގެ ރައީސް އަބްދުލް ފައްތާހު އިދްރީސް މިއަދު ވިދާޅުވީ އެ ރަށުގެ ބަނދަރުގެ ބޭރު ތޮށިލުމުގެ މަސައްކަތައް ގެންދިޔަ ބާޖު ރޭގެ ވަގުތެއްގައި ފަރަށް އަރާފައިވާ ކަމަށާއި ނަމަވެސް އެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުވާ ކަމަށެވެ.

އޭނާ ވިދާޅުވީ ހާދިސާ ހިނގީ ބާޖު ކަފުޖަހައިގެން ދޔަ ޓަގްބޯޓް އެވަގުތު އެ ސަރަހައްދުގައި ނެތުމުން އޮއި ބާރުވެގެން ކަމަށެވެ.

"ބާޖު ފަރަށް އެރީ ހިލަތައް ހުސް ކުރުމަށް ފަހު ނުކުންނަން އުޅުމުގެ ތެރޭގައި. ދިޔަވަރު އޮތް ގޮތުން ކަމަށް ބޮޑަށް ބެލެވެނީ. އަޅުގަނޑުމެން މި ބަލަނީ ދިޔަވަރު ބޮޑުވީމަ ފުންވެ ބާޖަށް ނައްޓާލެވޭވަރު ވާނެ ކަމަށް،" އިދްރީސް ވިދާޅުވި އެވެ.

އިދްރީސް ވިދާޅުވި ގޮތުގައި ބާޖުގައި ހުރި ހިލަ ނަގާ ބާޖް ފުން ކުރުމުގެ މަސައްކަތް ކުރަމުން ދެއެވެ. އިންގުރާދޫ ބަނދަރު ހެދުމުގެ މަސައްކަތް ކުރަމުން ގެންދަނީ މޯލްޑިވްސް ޓްރާންސްޕޯޓް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިންނެވެ.