ރެލިގޭޝަން ޒޯން ގައި އޮތް ހަލް ސިޓީ އަތުން މޮޅު ނުވެވުނު ތާވަލުގެ ހަ ވަނައިގައި އޮތް މެންޗެސްޓާ ޔުނައިޓަޑްގެ ކޯޗް ހޯސޭ މޮރީނިއޯއާ މީޑިއާއިން ކުރިމަތި ކުރި ސުވާލަށް ޖަވާބު ނުދީ އޭނާ ޕްރެސް ދޫކޮށް ހިނގައްޖެ އެވެ. މިއީ މީޑިއާ އަށް ޖަވާބު ނުދީ، މޮރީނިއޯ ދިޔަ ފުރތަމަ ފަހަރެއް ނޫނެވެ.
ހަލް ސީޓީ އަތުން އެއް ވަރުމުވުމުން އެކަމާ ހިތްހަމަނުޖެހި ފައި ހުރި މޮރީނިއޯއާ، މެޗުގައި ގޯސް ކޮށް ދިޔައި ކޮންކަމެއްތޯ ބީބީސީ އިން ސުވާލު ކުރުމުން އޭނާ ބުނީ "އަހަރެމެން ލަނޑު ނުޖެހީ، ލަނޑު ނުޖަހަންޏާ މޮޅެއް ނުވާނެ" އެވެ.
މޮރީނިއޯ ވަނީ، މެޗުގެ ރެފްރީ މައިކް ޖޯންސްއާ މެދު ހިތްހަމަ ނުޖެހޭ ކަން ހާމަ ކޮށްފަ އެވެ.
"އަހަރެމެން ބޭނުން ވަނީ ކުޅޭނެ ގިނަ ވަގުތު، އަހަންނަށް ހީވަނީ ކުޅޭނަމަ، ކޮންމެ ހާފެއްގައި 35-40 މިނެޓް ކުޅޭނެ، އަހަންނަށް ހީވަނީ އެއީ ވަރަށް ގިނަ އިރު ހެން،" މޮރީނިއޯ ބުންޏެވެ.
"ހަލް ސިޓީ ވަނީ އެމީހުންނަށް ކުރެވޭނެ ހުރިހާ ކަމެއް ކޮށްފަ، އެމީހުން ބެލީ އެމީހުން ކުރާ ކޮންމެ ކަމެއް ރެފްރީ އެކަން ކުރަން ފުރުސަތު ދޭތޯ، އެމީހުންނަށް އޮތީ ފީޑް ބެކް ލިބިފަ، އެމީހުން ކުރާ ކޮންމެ ކަމަކަށް ފަސޭހަ ވަންޏާ އެމީހުން ވަނީ އެމީހުން ކުރެވޭނެ ހުރިހާ ކަމެއް ކޮށްފަ،" މޮރީނިއޯ ބުންޏެވެ.
މޮރީނިއޮ ބުނީ، ހަލް ސީޓީގެ ކޯޗް މާކޯ ސިލްވާގެ ޓެކްޓިކްސްތަކާ މެދު އޭނާ ކަންބޮޑު ވުމެއް ނެތް ކަމަށެވެ.
"އެމީހުން މަސައްކަތް ކުރަނީ ރެލިގޭޝަނުން ސަލާމަތްވާން، އެމީހުންނަށް އެންމެ ޕޮއިންޓަކީވެސް ރަނެއް،"
ރިޕޯޓަރު ރެފްރީ ކުރަން ޖެހޭނީ، ކޮންކަމެއްތޯ ސުވާލު ކުރުމުން، މޮރީނިއޯ ބުނީ: "ކަލޭ އަށް ފުޓްބޯޅަ ނޭންގެންޏާ ކަލޭ މައިކް އަތައް ލައިގެން ނުހުންނާނީ" ކަމަށެވެ. އެއަށްފަހު މޮރީނިއޯ ވަނީ ނުނިމެނީސް، ޕްރެސް ދޫކޮށްފަ އެވެ.
މޮރީނިއޯ ބުނީ، އޭނާއާ ލީގް އެހެން މެނޭޖަރުންނާއި ތަފަތާު ކުރުންތައް މީޑިއާ އާއި އިނގިރޭސި އެފްއޭއިން ގެންގޫޅެމުން ދާ ކަމަށެވެ.
"ކަލޭމެންނަށް އެނގޭނެ އަހަންނަކީ ތަފާތު މީހެއް ކަން، ގަވައިދުތައް އަހަންނާ މެދު އޮންނަ ގޮތް ތަފާތު، އަހަރެންނަކީ ހުރިހާ ކަމަކުން ތަފާތު މީހެއް މޮރީނިއޯ ބުންޏެވެ.